ކ. މާލެ
|
11 ނޮވެންބަރ 2022 | ހުކުރު 23:02
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން
ރައީސް އޮފީސް
ރައީސް ޞާލިހުގެ ވެރިކަން
މިއީ ފެހި ޤާނޫނު އަސާސީގައި ދެކޭ އެންމެ ހަލަބޮލިކަން ކުޑަ ވެރިކަން: ނަޒީރު
މިހާ ސިޔާސީ ގޮތުން ހަލަބޮލިކަން ކުޑަ މާހައުލެއް ގާއިމް ކުރެވުނީ ސަރުކާރުގެ ވިސްނުންތަކުގެ ސަބަބުން ކަމަށް ނަޒީރު ވިދާޅުވި
ސިޔާސީ ހަމަޖެހުން ގާއިމް ކުރެވިފައިވާކަން ޔަގީން ކުރުމަކީ މުހިންމު ކަމެއް ކަމަށް ނަޒީރު ވިދާޅުވި

މިއީ ފެހި ޤާނޫނު އަސާސީގައި ދެކޭ އެންމެ ހަލަބޮލިކަން ކުޑަ ވެރިކަންކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޒީރު ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މިހާރު ރާއްޖޭގައި ސުލްހަވެރި މަދަނީ އަދި ސިޔާސީ ހަރަކާތް ކުރިން ދުވަހަކު ވެސް ހުޅުވިފައި ނުވާ މިންވަރަށް މިހާރު ހުޅުވިފައިވާ ކަމަށެވެ. އަދި މިހާ ސިޔާސީ ގޮތުން ހަލަބޮލިކަން ކުޑަ މާހައުލެއް ގާއިމް ކުރެވުނީ ވިސްނުންތަކަކާއި ފިކުރުގެ ނަތީޖާއެއްގެ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަޒީރު ވަނީ މިއީ ކާމިޔާބު ލީޑަރޝިޕެއްގެ ހެޔޮ އަސަރު ކަމަށް ވެސް ވިދާޅުވެފައެވެ.

ނަޒީރު އިތުރަށް ވިދާޅުވީ ޖުމްހޫރިއްޔަތަކާއި ހަމައަށް ރާއްޖެ އަށް ދެވުނީ އެތައް ދުވަހެއް ވަންދެން ދިވެހިން ކުރި މަސައްކަތުގެ ނަތީޖާއިން ކަމަށެވެ. އަދި މިއަދު އިއްޔެ އަށް ސަމާލުކަން ދޭ ވަރަށް ވުރެ އިތުރަށް މިއަދާއި މާދަމާ އަށް ސަމާލުކަން ދޭން ޖެހިފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުން އެދޭ ގޮތަށް ރައްޔިތުން ބޭނުންވާ ގޮތަށް ކުރާ ވެރިކަމެއް ކަމަށެވެ.

ރައްޔިތުންގެ ބޮޑު އަޢުލަބިއްޔަތަކީ ޒުވާނުން ކަމަށް ވާއިރު ސިޔާސީ މަންފާ އަށް ފަތުރާ ވާހަކަތަކުން ޝިކާރަކުރެވޭ ވަރަށް ވުރެ ޒުވާން ޖީލު އޮތީ ދުނިޔެ އަށް ލޯ ހުޅުވިފައި ކަމަށް ނަޒީރު ވިދާޅުވިއެވެ. ރާއްޖޭގައި ސިޔާސީ ހަމަޖެހުން ގާއިމް ކުރެވިފައިވާކަން ޔަގީން ކުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ އެކަން ކުރެވޭނީ ސިޔާސީ ހަަރަކާތްތަކަށް ޖާގަލިބިގެން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 8 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް