Advertisement
ކ. މާލެ
|
11 ނޮވެންބަރ 2022 | ހުކުރު 07:20
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު
ރައީސް އޮފީސް
ޑަބްލިއުޑީސީ ބައި އިލެކްޝަން
ޑަބްލިއުޑީސީގެ ބައި އިލެކްޝަން އަހަރަކު އެއް ފަހަރު ބޭއްވޭގޮތަށް ގެނައި އިސްލާހު ތަސްދީގުކޮށްފި
މަގާމު ހުސްވާތާ ލަސްވެގެން އެއް އަހަރުގެ ތެރޭގައި އިންތިޚާބު ބާއްވާނެ
ކޮމިޓީގެ ދައުރުގައި އެއް އަހަރަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ އެ ހުސްވި މަގާމަށް، އަލުން މެންބަރަކު އިންތިޚާބު ކުރަން ނުޖެހޭ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ ބައި އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވާގޮތަށް، ޤާނޫނަށް ގެނައި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަސްދީޤްކުރައްވައިފިއެވެ.

މި އިސްލާހު ތަސްދީގު ކުރައްވާފައި ވަނީ ބުރާސްފަތި ދުވަހުއެވެ. މިއީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް ގެނައި އިސްލާހެކެވެ.

މި އިސްލާހަކީ މިމަހުގެ ދެ ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ. މި ޤާނޫނަށް ގެނައި އިސްލާހުތަކަކީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެ ނަމަ، އެ މަގާމު ހުސްވާތާ ލަސްވެގެން އެއް އަހަރުގެ ތެރޭގައި އެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރަން ޖެހުމާއި، އެ ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވި އިރު، ކޮމިޓީގެ ދައުރުގައި އެއް އަހަރަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ އެ ހުސްވި މަގާމަށް، އަލުން މެންބަރަކު އިންތިޚާބު ކުރަން ނުޖެހޭ ގޮތަށް ކަނޑައެޅުމެވެ.

ނަމަވެސް، ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވުމުގެ ސަބަބުން، އެކޮމިޓީގެ ބައްދަލުވުން ބޭއްވުމަށް ބޭނުންވާ ޤާނޫނީ އަދަދު ހަމަވާވަރަށް ކޮމިޓީގައި މެންބަރުން ނެތް ނަމަ، އެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި މެންބަރަކު އިންތިޚާބު ކުރަންޖެހޭނެ ކަމަށް އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

Advertisement

މީގެ އިތުރުން، ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވިއިރު، ކޮމިޓީގެ ދައުރުގައި ބާކީ އޮތީ އެއް އަހަރަށް ވުރެ ކުރު މުއްދަތެއް ނަމަ، ހުސްވި މަގާމަށް އަލުން މެންބަރަކު އިންތިޚާބު ކުރުން ލާޒިމުނޫންކަމަށް ކަނޑައަޅައި، ބައި-އިލެކްޝަނަކުން އިންތިޚާބު ކުރާ މެންބަރުގެ މަގާމުގެ މުއްދަތަކީ، ކޮމިޓީގެ އުމުރު ހަމަވުމަށް ބާކީ އޮތް މުއްދަތުކަމުގައި ވެސް ޤާނޫނަށް ގެނައި އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ، މި ބިލު ތަސްދީގު ކުރެއްވުމުން، އެ އިސްލާހު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައެވެ. އެހެންކަމުން ބުރާސްފަތި ދުވަހުން ފެށިގެން މި ޤާނޫނަށް އަމަލު ކުރަން ވަނީ ފަށައިފައެވެ.

މިއީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަން ގިނައިން ބާއްވަން ޖެހޭތީ ޚަރަދުތައް އިންތިހާއަށް ބޮޑެވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ ޤާނޫނަށް ގެނައި އިސްލާހެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް