ކ. މާލެ
|
10 ނޮވެންބަރ 2022 | ބުރާސްފަތި 14:09
2021 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގެ ތެރެއިން
2021 ވަނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ޖަލްސާގެ ތެރެއިން
ރައީސް އޮފީސް
ޖުމްހޫރީ ދުވަހުގެ ޖަލްސާ
އަލިފާނުގެ ހާދިސާއާ ގުޅިގެން ޖުމްހޫރީ ދުވަހުގެ ޖަލްސާ ފަސްކޮށްފި
ޖަލްސާ ފަސްކޮށް ހުކުރު ދުވަހުގެރޭ 8:30 ގައި ދަރުބާރުގޭގައި ބާއްވާގޮތައް ސަރުކާރުން ވަނީ ހަމަޖައްސާފައި
ދައުވަތު އެރުވިފައިވާ ގަޑިއަށް ހުކުރު ދުވަހުގެރޭ ޖަލްސާއަށް ވަޑައިގެންދެއްވުމަށް ހޯމް މިނިސްޓްރީން ވަނީ އެދިފައި
ޖަލްސާ ފަސްކުރައްވާފައި ވަނީ މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ބައެއް މީހުންގެ ފުރާނަ ގެއްލި އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެކަމުގެ ހިތާމައިގައި

އަލިފާނުގެ ހިތާމަވެރި ހާދިސާއާއި ގުޅިގެން ޖުމްހޫރީ ދުވަހުގެ ޖަލްސާ ހުކުރު ދުވަހުގެ ރެއަށް ފަސްކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައި އޮތް ރަސްމީ ޖަލްސާ ހުކުރު ދުވަހުގެ ރެޔަށް ފަސްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ.

މި ޖަލްސާ ފަސްކުރައްވާފައި ވަނީ މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ބައެއް މީހުންގެ ފުރާނަ ގެއްލި އެތައް ބަޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ އެކަމުގެ ހިތާމައިގައެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ދަރުބާރުގޭގައި ބާއްވާގޮތައް ކުރިން ހަމަޖެހިފައިވީނަމަވެސް ޖަލްސާ ފަސްކޮށް ހުކުރު ދުވަހުގެރޭ 8:30 ގައި ދަރުބާރުގޭގައި ބާއްވާގޮތައް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

މިކަމާއި ގުޅޭގޮތުން ހޯމް މިނިސްޓްރީން ބުނީ ބުދަ ދުވަހުގެ ރޭ ދަންވަރު މާލޭގައި ހިނގި އަލިފާނުގެ ހިތާމަވެރި ހާދިސާއާ ގުޅިގެން، ބުރާސްފަތި ދުވަހުގެ ރޭ ބާއްވަވާ ގޮތަށް އޮތް ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާ ހުކުުރު ދުވަހުގެ ރެއަށް ފަސްކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާ ކަމަށެވެ. އެހެންކަމުން ދަޢުވަތުއެރުވިފައިވާ ބޭފުޅުން، ދައުވަތު އެރުވިފައިވާ ގަޑިއަށް ހުކުރު ދުވަހުގެރޭ ޖަލްސާއަށް ވަޑައިގެންދެއްވުމަށް ހޯމް މިނިސްޓްރީން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް