Advertisement
ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 06:53
ޒަކާތް ދައްކަނީ
ޒަކާތް ދައްކަނީ
ރާއްޖެ އެމްވީ
ފިޠުރު ޒަކާތް
ފިޠުރު ޒަކާތް ބަލައިގަތުމުން މިއަދު 5 ޖެހުމާއި ހަމައަށް
ޒަކާތް ބަލައިގަތުން ކުރިއަށްދަނީ އިސްލާމީ މަރުކަޒުގައި
މިދިޔަ އަހަރު މާލެއިން ޒަކާތުގެ ގޮތުގައި 2 މިލިއަން ރުފިޔާ ލިބިފައިވޭ
ގޮވާމުން ޒަކާތް ބަލައިގަންނާނީ އަރަބިއްޔާ ސްކޫލުގައި

މާލޭ ސަރަޙައްދުގައި ފިޠުރު ޒަކާތް ބަލައިގަތުމުގެ އެންމެ ފަހު ވަގުތަކީ ޖޫން 24، 2017 ވާ ހޮނިހިރު ދުވަހުގެ ފަހެއްޖެހުމާއި ހަމައަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

 

ރަމަޟާން މަހުގެ މިހާތަނަށް ނުވަދިހަ ހަ ހާސް ހަސަތޭކަ ފަސްދޮޅަސް މީހުން ޒަކާތް ދައްކާފައިވާއިރު މިހާތަނަށް ސާޅިސް ތިން މިލިޔަން ފަސްދޮޅަސް ނުވަހާސް ސަތޭކަ ތޭވީސް ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

 

ހޮނިހިރު ދުވަހުގެ ހަވީރު ފަހެއްޖެހުމާ ހަމައަށް އިސްލާމިކް މިނިސްޓްރީއަށް ފައިސާއިން ޒަކާތް ދެއްކޭނެ ކަމަށާއި، ޢަރަބިއްޔާ ސްކޫލް ހޯލުން ، ގޮވާމުން ޒަކާތް ބަލައިގަންނާނެކަމަށް އެމިނިސްޓްރީން ބުންޏެވެ.

 

އެހެން ނަމަވެސް ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާރޑާއި، އުރީދޫ ޕްރީޕެއިޑް ކަސްޓަމަރުންނަށް އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކުމަށް ހުޅުވާލައިފައިވާ ފުރުޞަތު ރަމަޟާން މަހުގެ ސައްބީސްވަނަ ދުވަހު ހަމަވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

 

ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. އެއީ އާދައިގެ ހަނޑުލުން ނަމަ މީހަކަށް 16ރ. އެވެ. ތައިލެންޑް ހަނޑުލުން ނަމަ 55ރ. އެވެ. އަދި ބާސްމަތީ ހަނޑުލުން ނަމަ އެއީ މީހަކަށް 80ރ. އެވެ. ރަށްރަށުގެ މީހުން ޒަކާތް ދައްކާނީ، އެރަށަކުން 2.4 ކިލޯގެ ހަނޑޫ ލިބެން ހުންނަ އަގަކުންނެވެ.

 

މިދިޔަ އަހަރު އެކަނިވެސް މާލެއިން 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ޒަކާތުގެ ގޮތުގައި ވަނީ ލިބިފަ އެވެ.

 

ޒަކާތް ބަހަނީ އިސްލާމިކް މިނިސްޓްރީގައި ފަގީރުންގެ ގޮތުގައި ނަންނޯޓު ކުރާ ފަރާތްތަކަށެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް