ކ. މާލެ
|
7 ނޮވެންބަރ 2022 | ހޯމަ 18:40
ފޭސްބުކް
ފޭސްބުކް
ރޮއިޓަރސް
މެޓައިން ގިނަ ބަޔަކު ވަޒީފާއިން ވަކިކުރުން
ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓައިން ގިނަ ބަޔަކު ވަޒީފާއިން ވަކިކުރަނީ
މުވައްޒަފުން މަދުކުރުމަށް މިހާ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ މިއީ ފުރަތަމަ ފަހަރު
ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ މަރުހަލާ ފެށޭނެކަމަށް ރިޕޯޓްތައް ބުނޭ

ފޭސްބުކްގެ ބެލެނިވެރި ކުންފުނި މެޓައިން ގިނަ ބަޔަކު ވަޒީފާއިން ވަކިކުރަން ނިންމާފައިވާކަމަށް މީޑިއާ ރިޕޯޓްތަކުން ހާމަވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން, އެއްފަހަރާ އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ. އަދި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ މަރުހަލާ ފެށޭނެކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ކުރިންވެސް އެ ކުންފުނީގެ ޓެކް ވަޒީފާގައި އުޅުނު ގިނަ ބަޔަކު ވަޒީފާއިން ވަކިކޮށްފައިވެއެވެެ. މިއީ އެ ސިނާއަތަށް ކޮވިޑަށްފަހު އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ވަޒީފާގެ މާހައުލަށް އަންނަ ބަދަލުތަކެވެ. މިއީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ ބަޔަކު ވަޒީފާއިން ވަކިކުރާނެ ފަހަރު ކަަމަށްވެސް ރިޕޯޓްތަކުން ހާމަވެއެވެ.

މިފަހަރު ކުންފުނީގެ މުވައްޒަފުން މަދުކުރަން ކުރާ މަސައްކަތުގެ އަސަރު އެތައް ހާސް ބަޔަކަށް ކުރާނެކަމަށް ބެލެވެއެވެ. ބެލެވޭގޮތުން މިކަމުގެ އިތުރު ތަފްސީލް އަންނަ ބުދަ ދުވަހު ލިބޭނެއެވެ. އެ ކުންފުނިން ވަނީ މި ހަފުތާގެ ކުރީކޮޅު، ކޮންމެހެން މުހިންމު ނޫން ދަތުރުތައް ކުރުމަށް ކުންފުނީގެ އޮފިޝަލުންނަށް އަންގާފައެވެ. އަދި މުވައްޒަފުން މަދުކުރުމަށް މިހާ ފުޅާ ދާއިރާއެއްގައި މަސައްކަތްކުރާ މިއީ ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް