ކެލިފޯނިއާގެ އުފެއްދުމެއް ކަމަށްވާ ދުނިޔޭގެ އެކި ހިސާބުތަކުގައި ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ މެޖޫލް ކަދުރުގެ އިތުރު ޕެކެޓެއް ތަޢާރަފްކޮށްފިއެވެ.
ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ޕިރަމިޑުގެ މާރކެޓިން މެނޭޖަރ މުހައްމަދު ސޮބާޙް ވިދާޅުވީ އަލަށް ތަޢާރަފްކުރީ އެއްކިލޯގެ ޕެކެޓާއި 500ގްރާމްގެ ޕެކެޓް ކަމަށާއި މި ޕެކެޓް 225 ރުފިޔާއަށް ލިބޭއިރު 500 ގްރާމުގެ ކަދުރު ޕެކެޓް ވިއްކަނީ 115 ރުފިޔާއަށް ކަމަށެވެ.
ސޮބާޙް ވިދާޅުވީ މިއީ ވަރަށް ޙާއްސަ ކަދުރެއް ކަމަށާއި މެޖޫލް ކަދުރުގެ ސައިޒް އާދައިގެ ކަދުރަށް ވުރެ ބޮޑު ކަމަށެވެ.
2.3 ކިލޯގެ ޕެކިންއާ އެކު ފުރަތަމަ މި ކަދުރު ބާޒާރަށް ނެރެފައިވާއިރު މިއީ ވަރަށް ތާޒާ ކަމާ އެކު ޕެކިން ހަދާފައިވާ ކަދުރެކެވެ.
މިއީ ފެންވަރު ރަނގަޅު ކަދުރެއް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް ތަޢާރަފްކުރި ކަދުރެއް ކަމަށް ސޮބާޙް ވިދާޅުވިއެވެ.
މިއީ ސިއްހަތަށް ލޯބި ކުރާ ފަރާތްތަކަށްވެސް ވަރަށް ހާއްސަ ކަދުރެކެވެ. މި ކަދުރުގައި ރަހަ ބަލާލުމުން އޭގެ ތަފާތު އިހްސާސް ކުރެވިގެންދާނެ ކަމަށް ސޮބާހް ވިދާޅުވިއެވެ.މިހާރު މާލެއިން ލިބެން ހުންނަ ކަދުރާއި މެޖޫލް ކަދުރާއި ހުރި އެންމެ ބޮޑު ތަފާތަކީ ސައިޒުގެ ގޮތުން ކަދުރު ބޮޑުވެފައި ރަހަ ތަފާތުވުން ކަމަށްވާއިރު މީގެ 2.3 ކިލޯގެ ޕެކެޓެއް ވިއްކަމުންދަނީ 500 ރުފިޔާއަށެވެ.
އަދި ހޯލް ސޭލް ކުރާއިރު ވެސް މިއަގުގައި ވިއްކަމުންދާ ކަމަށާއި މިހާތަނަށް އައި އިރު ކަސްޓަމަރުންގެ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށް ސޮބާޙް ވިދާޅުވި އެވެ.