Advertisement
ކ. މާލެ
|
7 ނޮވެންބަރ 2022 | ހޯމަ 14:31
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖުޑީޝަލް ސަރވިސް ކޮމިޝަން
މާމިގިލީ މެޖިސްޓްރޭޓް ކޯޓު
މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓަށް ސުލޫކީ ފިޔަވަޅު އަޅައިފި
މެޖިސްޓްރޭޓުގެ ޢަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ޚިލާފު އަމަލެއް
މިދިޔަ އަހަރު ފަނޑިޔާރުންގެ ސުލޫކީ މައްސަލައިގެ ގޮތުގައި 400ށްވުރެ ގިނަ މައްސަލަ ޖޭއެސްސީއަށް ހުށައެޅިފައިވޭ

އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިހާންއާމެދު ސުލޫކީ ފިޔަވަޅު އެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

އެކަމާ ގުޅޭގޮތުން ޖޭއެސްސީން ބުނީ، އެ ކޮމިޝަނަށް ހުށަހެޅުނު މައްސަލައެއް ތަހުގީގުކުރެވި ތައްޔާރުކުރެވުނު ރިޕޯޓް މިދިޔަ ބުދަ ދުވަހު ބޭއްވި ކޮމިޝަންގެ ޖަލްސާގައި ފާސްކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ނިންމާފައި ވަނީ، ފުލުހުންގެ ބަޔަކު އާއްމުންގެ މީހަކާއެކު އދ.މާމިގިލީ މެޖިސްޓްރޭޓް ކޯޓަށް ގޮސް ކޯޓު އަމުރެއް ހޯދުމަށް މަސައްކަތް ކުރިއިރު، ފުލުހުންނާއެކު ދިޔަ އާންމުންގެ މީހާއަށް އަމުރާ ގުޅޭގޮތުން ފަނޑިޔާރާ މުއާމަލާތުކުރުމުގެ ފުރުސަތު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިހާން ދެއްވާފައިވާކަން ސާބިތުވާކަމަށެވެ.

Advertisement

އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިހާންގެ މި ޢަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.7 އަދި 3.1  އާ ޚިލާފު އަމަލެއްކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ވަނީ ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު)ގެ 1-32 ވަނަ މާއްދާގެ (ހ)ގެ (1) ވަނަ ނަންބަރުގެ ދަށުން، އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަޙްމަދު ނިހާންއަށް ނަޞޭޙަތް ދިނުމާއެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމުގެ ފިޔަވަޅު އެޅުމަށް ފެންނަ ކަމަށް ނިންމާފައެވެ.

ފަނޑިޔާރުންނާ ގުޅޭ ސުލޫކީ މައްސަލަތައް ޖޭއެސްސީން ނިންމަމުންދާއިރު، މިދިޔަ އަހަރު ފަނޑިޔާރުންގެ ސުލޫކީ މައްސަލައިގެ ގޮތުގައި 400ށްވުރެ ގިނަ މައްސަލަ ޖޭއެސްސީއަށް ހުށައެޅިފައިވެއެވެ. އޭގެ ތެރެއިން މަގާމުން ވަކި ކުރުން ފިޔަވައި އިތުރު ސުލޫކީ ފިޔަވަޅު 14 ފަނޑިޔާރުންގެ މައްޗަށް އަޅާފައިވެއެވެ. އަދި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް 18 މައްސަލައެއް ނިންމާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް