ކ. މާލެ
|
7 ނޮވެންބަރ 2022 | ހޯމަ 18:24
މެމްބަރު މުހައްމަދު ވިސާމް
މެމްބަރު މުހައްމަދު ވިސާމް
ރައްޔިތުންގެ މަޖިލިސް
ހެތްކާބެހޭ ގާނޫނު
ހެތްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގެންފި
އެ އިސްލާހު ބަލައިގަންނަން ފެންނަކަމަށް ނިންމަވާފައިވަނީ 56 މެމްބަރުންގެ ވޯޓުން
މަސްދަރު ހާމަކުރުމުގެ ފުރުސަތު އޮތުމާމެދު މެމްބަރުންގެ ޚިޔާލު ތަފާތު

ހެތްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް މަޖިލީހަށް ބަލައިގެންފިއެވެ.

ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި މި އިސްލާހު ބަލައިގަންނަން ފެންނަ ކަމަށް ނިންމަވާފައިވަނީ 56 މެމްބަރުންގެ ވޯޓުންނެވެ.

މި އިސްލާހު ހުށަހަޅުއްވަމުން ވިސާމް ވިދާޅުވީ މި ބިލު ހުށަހެޅުމުގެ ބޭނުމަކީ، ހެތްކާބެހޭ ގާނޫނުގެ 136 ވަނަ މާއްދާގައި، ނޫސްވެރިންނަށް ދޭ މައުލޫމާތު، ދޭ މަސްދަރު ހާމަކުރުމަށް ލާޒިމްކުރާ ހާލަތްތައް މިހާރު އެ ގާނޫނުގައި އޮތްގޮތުން، ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށްޓަކައި އިސްލާހު ގެނައުން ކަމަށެވެ. އަދި މި ބިލުން ނޫސްވެރިންނަށް މައުލޫމާތު ހާމަކުރަން ޖެހެނީ ދެ ހާލަތެއްގައެވެ. އެއީ ގައުމީ ސަލާމަތާ ގުޅުންހުރި ކަންކަމާއި ޓެރަރިޒަމާ ގުޅުންހުރި ކަންކަމެވެ. މި ހާލަތުގައިވެސް އެކަން ލާޒިމް ކުރެވެނީ ޕްރޮސެކިއުޓަރ ޖެނެރަލް ހައިކޯޓުގައި އެފަދަ ކަމަށް އެދުމުންނެވެ.

މި އިސްލާހަށް ހޯމަ ދުވަހު ބަހުސްކުރެއްވި މެމްބަރުން ވަނީ، ނޫސްވެރިންގެ މަސައްކަތަށް ހުރަސް އެޅިގެން ނުވާނެކަމަށާއި މަސްދަރު ހިމާޔަތްކުރުމަކީ އެ މަގްސަދު ހާސިލްކުރުމަށް މުހިންމު ކަމެއް ކަަން ފާހަގަކުރައްވާފައެވެ. ނަމަވެސް ބައެއް މެމްބަރުން ވަނީ މި އިސްލާހާ ދެކޮޅަށް ވާހަަކަފުޅުދައްކަވާފައެވެ. އެގޮތުން މި އިސްލާހުން ހެތްކާބެހޭ ބިލުގެ ހަގީގީ މަގްސަދު ގެއްލޭ ކަމަށްވެސް ބައެއް މެމްބަރުން ވިދާޅުވިއެވެ. މަސްދަރު ހާމަކުރަން އަންގަން ނިންމުމުގައި ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރިކަންވެސް މެމްބަރުން ފާހަގަކުރެއްވިއެވެ. މަސްދަރު ހާމަކުރަން ނާންގައި އެ ނޫން ގޮތަކަށް މައްސަލަ ހައްލުކުރުމަށް ދުނިޔޭގެ ގައުމުތަކުގައި ސަމާލުކަން ދޭ ކަމަށްވެސް މެމްބަރުން ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް