Advertisement
ކ. މާލެ
|
24 ޖޫން 2017 | ހޮނިހިރު 03:28
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް
ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް
ޓްވިޓަރ
ޙުސައިން އަރީފް
މިސަރުކާރުގެ ކަށްވަޅު ތިލަވަމުން އަންނަ މަންޒަރު އެބަފެނޭ: އަރީފް
އޭސީސީން ބުނަނީ ބަޔާން ނެގުމަށް ރައީސް މައުމޫނުގެ އަރިހަށް ވަޑައިގަންނަވާނެ ކަމަށް
ރައީސް މައުމޫނުގެ ބަޔާނެއް ނެގުމަށް އޭސީސީން ވަނީ ހުށަހަޅާފައި
ސިޔާސީ ފަރާތްތަކާއި ދެކޮޅަށް ސަރުކާރުން ކުރަމުން މިދަނީ ރަނގަޅު ކަމެއް ނޫން

ބައިނަލްއަޤްވާމީ ފަރާތްތަކަށް މިސަރުކާރުގެ ކަށްވަޅު ތިލަވަމުން އަންނަ މަންޒަރު އެބަ ފެންނަ ކަމަށާއި އަދި ދިވެހި ރައްޔިތުންނަށް އެމަންޒަރު ދާދި އަވަހަށް ފެނިގެންދާނެ ކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސެއިން އަރީފް ވިދާޅުވެއްޖެއެވެ.

 

އަރީފް ރާއްޖެޓީވީއާއި ވާހަކަދައްކަވަމުން ވިދާޅުވީ ސިޔާސީ ފަރާތްތަކާއި ދެކޮޅަށް ސަރުކާރުން ކުރަމުން މިދަނީ ރަނގަޅު ކަންކަމެއް ނޫން ކަމަށެވެ.

 

ކުރިއަށް މިއޮތް ދުވަސްތަކުގެ ތެރޭގައި މިފަދަ އެތައް ކަމެއް ފެނިގެންދާނެ ކަމަށާއި އިދިކޮޅު ފަރާތްތަށް ކޯޓަށް ހާޒިރު ކުރުމާއި ފުލުހުންގެ އިދާރާއަށް ހާޒިރުކުރުން ފަދަ ރައްޔިތުން ރުޅި އަންނަ ކަންކަން ކުރުމަކީ އެތަނެއްގެ ސުލްޙަމަސަލަސްކަން ދެމި އޮންނާނެ ކަމެއް ނޫން ކަމަށް އަރީފް ވިދާޅުވިއެވެ.

 

ތީމުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ބަޔާން ނަގަން އޭސީސީން  ބޭނުންވާ ކަމަށް ބުނުމަކީ މި ސަރުކާރުން "މަހާނަ މައްޗަށް މަޑިޖެހުން ކަހަލަ ކަމެއް" ކަމަށް ޤާބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 

އޭސީސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ރައީސް މައުމޫނުގެ ބަޔާން ނަގަން ބޭނުންވާ ކަމަށް ބުނެ ޗިޓް ފޮނުވުމަކީ ދިވެހި ރައްޔިތުން ލަދު ގަންނަން ޖެހޭ ކަމެއް ކަމަށާއި އެމަނިކުފާނު ޝަރަފްވެރިކަމާއި އެކީ އުޅުއްވަން ޤާނޫނަކުން އެފުރުޞަތު ދީފައި އޮއްވައި އެކަން ނިގުޅައިގަންމުންދާ ކަމަށެވެ.

 

ކުރީގެ ރިޔާސީ ގަނޑުވަރު، ތީމުގޭގެ 2007 އަދި 2008 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގެ މައްސަލައިގައި އޭސީސީން އެދިފައިވަނީ ބަޔާން ނެގުމަށް ރައީސް މައުމޫނަށް ފަސޭހަފުޅު ވަގުތަކާއި ތަނެއް އަންގައި ދިނުމަށެވެ. ނަމަވެސް  ރައީސް މައުމޫން ނިންމީ އޭސީސީ އަށް ވަޑައިގަތުމަށެވެ. އަދި އެތަނުގައި މީޑިއާ ވެސް ތިބެން ޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް