ކ. މާލެ
|
6 ނޮވެންބަރ 2022 | އާދީއްތަ 17:21
ޓްވިޓަރ
ޓްވިޓަރ
ރޮއިޓާސް
ޓްވިޓަރ ވެރިފިކޭޝަން
ޓްވިޓަރ ވެރިފައިކުރަން 8 ޑޮލަރު ޗާޖުކުރަން ފަށައިފި
ބައެއް ގައުމުތަކުން ވެރިފިކޭޝަންއަށް ޗާޖުކުރަން ވަނީ ފަށާފައި
މަސްކު ވަނީ ޓްވިޓަރ ގަތުމަށްފަހު އެތަނަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައި

ޓްވިޓަރ އެކައުންޓު ވެރިފައިކުރުމަށް 8 ޑޮލަރު ޗާޖުކުރަން ފަށައިފިއެވެ.

ހޮނިހިރު ދުވަހު ޓްވިޓަރުން ވަނީ އައިއޯއެސް އެޕް ސްޓޯރުން އަޕްޑޭޓެއް ފޮނުވާފައެވެ. އެ އަޕްޑޭޓުގައިވަނީ މަހަކު 7.99 ޑޮލަރު ދައްކާނަމަ ވެރިފިކޭޝަން ލިބޭނެކަމަށް ބުނެފައެވެ. އެންޑްރޮއިޑް ޑިވައިސްތަކަށް މި އަޕްޑޭޓް އަދި ފޮނުވާފައެއް ނުވެއެވެ.

ޓްވިޓަރއިން މި ބޮޑު ބަދަލު ގެނެސްފައިވަނީ މަހުޖަނު އީލޮން މަސްކު، 44 ބިލިއަން ޑޮލަރަށް ޓްވިޓަރ ގަތުމަށް ފަހުގައެވެ. ކުރިއަށް އޮތްތަނުގައި މިއަށްވުރެ އިތުރަށްވެސް ޗާޖުކުރަން ނިންމާފައިވާކަމަށް ބައެއް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އީލޯން މަސްކު ވަނީ ޓްވިޓަރ ގަތުމަށްފަހު މިވީ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެތަނަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިގޮތުން ގިނަ އަދަދެއްގެ މުވައްޒަފުންވެސް ވަނީ ވަކިކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް