ކ. މާލެ
|
4 ނޮވެންބަރ 2022 | ހުކުރު 07:03
ގދ ތިނަދޫ ބިން ހިއްކުމުގެ މަޝްރޫޢު
ގދ ތިނަދޫ ބިން ހިއްކުމުގެ މަޝްރޫޢު
އެމްޓީސީސީ
ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުން
ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯންގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ފަށައިފި
މި މަސައްކަތް 660 ދުވަހުގެ ތެރޭ ނިންމަން ޖެހޭ
މި މަޝްރޫޢޫ އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިއަހަރު ޖެނުއަރީ މަހު 9 ވަނަ ދުވަހު

ގދ. ތިނަދޫ އިންޑަސްޓްރިއަލް ޒޯން ގާއިމްކުރުމަށް ބޭނުންވާ ބިން ހިއްކުމާއި ގޮނޑުދޮށް ގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރ އިން މި މަޝްރޫޢޫ އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިއަހަރު ޖެނުއަރީ މަހު 9 ވަނަ ދުވަހުގައެވެ.

މި މަޝްރޫޢުގެ ދަށުން، 10.6 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 1521 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 555 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 166 މީޓަރުގެ ޝީޓް ޕައިލް މަސައްކަތާއި، 4492 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބޮލާރޑްއާއި ފެންޑަރާއި ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

125 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މި މަސައްކަތް 660 ދުވަހުގެ ތެރޭ ނިންމަން ޖެހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް