ކ. މާލެ
|
3 ނޮވެންބަރ 2022 | ބުރާސްފަތި 22:25
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސްޕަރސަން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުން
ރައީސް އޮފީސް
ތަރައްގީގެ މަޝްރޫއުތައް
ތަރައްގީ ނުފެނެއޭ ބުނަނީ ރަށްރަށަށް ވަޑައިނުގަންނަވާތީ: މިއުވާން
އަސާސީ ޚިދުމަތްތައް ފުރިހަމަވެފައިވާ ތަނަކަށް ރާއްޖެ ހެދުމަށް މި ސަރުކާރުން މަސައްކަތްކުރޭ
ތަރައްގީގެ މަޝްރޫއެއް ނުހިނގާ ރަށެއް ނޯންނާނެކަމަށް ސަރުކާރުން ދަނީ ބުނަމުން

ތަރައްގީ ނުފެނެއޭ ބުނަނީ ރަށްރަށަށް ވަޑައިނުގަންނަވާތީކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ، ރާއްޖޭގެ ރަށްރަށަަށް ދިއުމުން އެ ރަށްރަށުގައި ހިނގާ ތަރައްގީގެ ކަންކަން ފެނިގެންދާނެ ކަމަށެވެ. އެގޮތުން ކުރީގެ ސަރުކާރުތަކާ ޚިލާފަށް، އަސާސީ ޚިދުމަތްތައް ފުރިހަމަވެފައިވާ ތަނަކަށް ރާއްޖެ ހެދުމަށް މި ސަރުކާރުން ކެނޑިނޭޅި މަސައްކަތްކުރަމުންދާކަމަށް މިއުވާން ވިދާޅުވިއެވެ. މީގެ އިތުރުން ތަރައްގީގެ ހުރިހާ ކަމަކީ ލޮލަށް ފެންނަން ހުންނަ ކަންކަން ނޫންކަމަށާއި، އެއީ އުމްރާނީ ތަރައްގީގެ ސިފައިގައި ފެންނަން ހުންނަ ކަމެއް ނޫންކަަމަށް މިއުވާން ވިދާޅުވިއެވެ. އެގޮތުން އެކި ސިނާއަތްތަކުން މުސާރައަށް ގެންނަ ހެޔޮ ބަދަލާއި ހިލޭ ޑިގްރީއަށް ކިޔެވޭނެ މަގު ފަހިކޮށްދިނުންފަދަ ކަންކަމަކީ ތަރައްގީކަން މިއުވާން ފާހަގަކުރެއްވިއެވެ.

މިއުވާން ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކުން މި ސަރުކާރުން ކުރާ ކަންކަން ބަލައިގަންނަ ކަމަށެވެ. އެގޮތުން ކުރިން ނުގެންނަ ފަދަ ތަރައްގީގެ ކަންކަން ރަށްރަށުން ފެންނަކަމަށް ކައުންސިލްތަކުން ބުނަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ތެރޭގައި ރަށުގެ މުހިންމު އިމާރާތްތައް އަޕްގްރޭޑްކޮށް އެ ތަންތަނަކީ ފެންވަރު ރަނގަޅުތަންތަނަށް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށްވެސް މިއުވާން ވިދާޅުވިއެވެ. މިއުވާން ވަނީ ކުރީ ސަރުކާރުން، އެއް ޕްރޮޖެކްޓެއް ގިނަ ޕްރޮޖެކްޓްތަކަށް ބަހާލައިގެން އެއީ ގިނަ ޕްރޮޖެކްޓުގެ ގޮތުގައި ދެއްކުމަށް މަސައްކަތްކުރި ކަަމަށްވެސް ވިދާޅުވެފައެވެ. އެހެންނަމަވެސް މި ސަރުކާރުން މަސައްކަތްކުރަނީ އެހެން ނޫންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް