ކ. މާލެ
|
3 ނޮވެންބަރ 2022 | ބުރާސްފަތި 16:32
އަނަސް އަބްދުއްސައްތާރު
އަނަސް އަބްދުއްސައްތާރު
ޓްވިޓަރ
އެމްޑީޕީގެ ތަރުޖަމާން
އެމްޑީޕީގެ ތަރުޖަމާނަކަށް އަނަސް ހަމަޖައްސައިފި
އަނަސް އެންމެ ފަހުން ހުންނެވީ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިސްގެ ރައީސްކަމުގައި

އެމްޑީޕީގެ ތަރުޖަމާނަކަށް، ކުރިން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވި އަލްއުސްތާޒު އަނަސް އަބްދުއްސައްތާރު ހަމަޖައްސައިފިއެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމު 2015ން 2020ށް އަނަސް ވަނީ އަދާކުރައްވާފައެވެ. އަނަސް އެންމެފަހުން ހުންނެވީ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިސްގެ ރައީސްކަމުގެ މަގާމުގައެވެ.

އަނަސްއަކީ މިވަގުތު ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައިވެސް ހުންނެވި ބޭފުޅެކެވެ.

އަނަސްއަކީ، ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ބެޗެލަރ އޮފް ލޯސް އެލް.އެލް.ބީ (އޮނަރސް) ޝަރީއާ އެންޑް ލޯ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވަކީލުކަންވެސް ކުރައްވާފައެވެ. އޭގެ ތެރޭގައި; މާލެ ސިޓީ ކައުންސިލް، އެމްޓީސީސީ، ބްރޯޑްކާސްޓިންގ ކޮމިޝަން އަދި އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް