ކ. މާލެ
|
3 ނޮވެންބަރ 2022 | ބުރާސްފަތި 07:12
ބ ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުން
ބ ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުން
އެމްޓީސީސީ
ބ ކެންދޫގެ ގޮނޑުދޮށް ހިމާޔަތްކުރުން
ޒަމާނުއްސުރެ ރަށްގިރުމުގެ މައްސަލަ ކުރިމަތިވެފައިވާ ކެންދޫގެ ގޮނޑުދޮށް ހިމާޔަތްކޮށްފި
ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުއަކީ 41.1 މިލިއަން ރުފިޔާގެ މަޝްރޫޢެއް

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުއަކީ 41.1 މިލިއަން ރުފިޔާ އަށް ސަރުކާރުން އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މާޝްރޫޢުއެކެވެ. މި މަޝްރޫޢުގެ ދަށުން، 1200 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދު ފުން ކުރުމާއި، 803 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 110 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 90 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމުގެ މަސައްކަތްކޮށްފައިވެއެވެ.

1390 މީހުންގެ އާބާދީގެ ބ. ކެންދޫއަކީ ރަށް ގިރުމުގެ ބިރުވެރިކަން ޒަމާނުއްސުރެ ތަހައްމަލުކުރަމުން އައިސްފައިވާ ރަށެކެވެ. ކެންދޫގެ ރައްޔިތުން އާމްދަނީ ހޯދަނީ މައިގަނޑު ގޮތެއްގައި މަސްވެރިކަމުން ނުވަތަ ކައިރި ރިސޯޓްތަކުގައި ވަޒީފާ އަދާކޮށްގެންނެވެ.

ބިމުގެ ބޮޑުމިނުގައި 17.9 ހެކްޓަރު ހުންނަ މި ރަށުން ރަށްގިރުމުގެ ސަބަބުން ވަށައިގެން އެތަކެއް ގެއްލުމެއް ވަނީ ލިބިފައެވެ. އަދި އެތައް ރުއްގަހެއް ވެސް ވަނީ ވެއްޓި ނެތިގެން ގޮސްފައެވެ. އިރުއުތުރު ފަރާތުން ގާތްގަނޑަކަށް 20 ފޫޓައްވުރެ ބޮޑު ސަރަހައްދެއް ގިރައިގެން ދިޔުމުގެ ސަބަބުން މީހުން ދިރިއުޅޭ ގެވަޅުތަކުން ވެސް ވަނީ ފަސްގަނޑު ގިރައިގެން ގޮސްފައެވެ. އެހެންކަމުން ނިމިގެން މިދިޔަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ސަބަބުން މުޅި ކެންދޫ ގޮންޑުދޮށް އެއްކޮށްހެން މިވަނީ ރަށް ގިރުމުން ހިމާޔަތްކުރެވިފައެވެ.

- ކޮމެންޓް