ކ. މާލެ
|
1 ނޮވެންބަރ 2022 | އަންގާރަ 16:13
ބަނގުރާ ފުޅިތަކެއް ނައްތާލަނީ
ބަނގުރާ ފުޅިތަކެއް ނައްތާލަނީ
މޯލްޑިވްސް ޕޮލިސް ސާރވިސް
ބަނގުރާފުޅިތަކެއް ވަގަށްނެގި ދެ މީހުން ހައްޔަރުކުރ
އައްޑޫ ސިޓީގެ ރިސޯޓަކުން ބަނގުރާފުޅިތަކެއް ވަގަށްނެގި ދެ މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ބިދޭސީ ފިރިހެނަކާއި 34 އަހަރުގެ ބިދޭސީ ފިރިހެނެއް

އައްޑޫ ސިޓީގެ ރިސޯޓަކުން ބަނގުރާފުޅިތަކެއް ވަގަށްނެގި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ބިދޭސީ ފިރިހެނަކާއި 34 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ އައްޑުއަތޮޅު ރިސޯޓަކުން ބަނގުރާފުޅިތަކެއް ވަގަށް ނަގާފައިވާކަމަށް އޮކްޓޯބަރ 31 ވަނަ ދުވަހު ހުށަހެޅި މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައެވެ. ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި، އެ ދެ މީހުން ވަގަށްނެގި ހަ ފުޅި ބަނގުރާ ފުލުހުންވަނީ ހޯދާފައެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް