ކ. މާލެ
|
29 އޮކްޓޯބަރ 2022 | ހޮނިހިރު 17:20
އެކައުންޓަންޓްސް ފޯރަމް
އެކައުންޓަންޓްސް ފޯރަމް
ރާއްޖެއެމްވީ
އެކައުންޓންޓްސް ފޯރަމް
ބޮޑެތި އުންމީދުތަކާއި އެކު، 5 ވަނަ އެކައުންޓްސް ފޯރަމް
2017 ވަނަ އަހަރުން ފެށިގެން އަހަރަކު އެއް ފަހަރު މި ފޯރަމް ބާއްވާ
ފޯރަމްގެ މަގްސަދަކީ އެކައުންޓިންގ ޕްރޮފެޝަން ކުރިއެރުވުން

5 ވަނަ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފަށައިފިއެވެ.

އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދި މޯލްޑިވްސް (ސީ.އޭ މޯލްޑިވްސް) ގެ ފަރާތުން އިންތިޒާމް ކުރާ މި ފޯރަމްގެ މި ފަހަރުގެ ޝިއާރަކީ އިކޮނޮމިކް ޓްރާންސްފޮމޭޝަން، ރީތިންކިންގ ގްރޯތު އިން ދި ނިއު އިކޮނޮމީ" އެވެ. 2017 ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ މި ފޯރަމް އަކީ ރާއްޖޭގައި އެކައުންޓިންގ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިންނަށް ޚާއްސަކޮށްގެން ބާއްވާ މި ފަދަ އެންމެ ބޮޑު ފޯރަމްކަން ފާހަގަކޮށްލެވެއެވެ. މި އަހަރުގެ ފޯރަމް ފައްޓަވައިދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމްއެވެ.

އެ ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ޚާއްސަ ސަޤާފީ ހަރަކާތެއް ވަނީ ހުށަހަޅާދީފައެވެ. އެ ހަރަކާތް ހުށަހަޅާ ދިނީ 1438ގެ ފަރާތުންނެވެ. މީގެ އިތުރުން އެ ރަސްމިއްޔާތުގައި އެކައުންޓެންޓުނާއި މެދު އަބްދުﷲ ރަޝީދު، ލިނެޓް ތައްޔާރުކޮށްފައިވާ ޚާއްސަ ރައިވަރެއް ވެސް ވަނީ ހުށަހަޅާދީފައެވެ.

މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމަކީ އެކައުންޓިންގ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ތަމްރީންކޮށް އެކައުންޓިންގ ޕްރޮފެޝަން ކުރިއެރުވުމުގެ މަޤްސަދުގައި ބާއްވަމުން އަންނަ ފޯރަމެކެވެ.

މި ރަސްމިއްޔާތުގައި ވަނީ މޯލްޑިވްސް އީއެސްޖީ ރިޕޯޓިންގ އެވޯޑްވެސް ތައާރަފްކޮށްފައެވެ. އެ އެވޯޑަކީ ވިޔަފާރިތަކުން ކުރާ މަސައްކަތް ފާހަގަކޮށް ވިޔަފާރިތަކުގެ ކުރިއެރުމަށް ބާރުއެޅުމުގެ ގޮތުން ތައާރަފްކޮށްފައިވާ އެވޯޑެކެވެ.

މިއަހަރުގެ އެކައުންޓެންޓްސް ފޯރަމްގައި ފަތުރުވެރިކަމާއި، ދަތުރުފަތުރާއި، ސަސްޓެއިނަބަލް ފައިނޭންސިންގ އަދި މަސްވެރިކަމުގެ ދާއިރާ ފަދަ ދާއިރާތަކުގައި ހުރި ދަތިތަކަށް އަލިއަޅުވާލަން ވަނީ ހަމަޖެހިފައެވެ. 2 ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްދާ 7 ޕެނަލް ޑިސްކަޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، 40 ސްޕީކަރުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް