Advertisement
ކ. މާލެ
|
29 އޮކްޓޯބަރ 2022 | ހޮނިހިރު 08:58
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒު
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒު
ރައްޔިތުންގެ މަޖިލިސް
ޓެކްސް ބޮޑު ކުރުން
ޓެކްސް ބޮޑުނުކޮށްފިނަމަ، މުސާރަ އެއްހަމަކުރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭނެ: ނާޝިޒް
ސަރުކާރުން ރަށްރަށުގައި ޕްރޮޖެކްޓުތައް ހިންގަނީ ދުރުވިސްނުމާއެކު
މުސާރަތައް އެއްހަމަކުރުމަށް ކުރާ މަސައްކަތްތަކަށްވެސް އަސަރުކުރާނެ
ކޮންމެ ރަށަކީވެސް އަމިއްލައަށް އާމްދަނީ އުފެއްދޭނެ ރަށަކަށް ހެދުމުގެ ފުރުސަތު އެބައޮތް

ޓެކްސް ބޮޑުނުކޮށްފިނަމަ, ރައްޔިތުންގެ ބޭނުންތަކަށް ހިންގަން ހަމަޖެހިފައިހުރި ޕްރޮޖެކްޓުތައް ހުއްޓާލަންޖެހޭނެކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެއެވެ.

ނާޝިޒް މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. މުސާރަތައް އެއްހަމަކުރުމަށް ކުރާ މަސައްކަތްތަކަށްވެސް އެކަމުގެ ސަބަބުން އަސަރު ކުރާނެކަން ނާޝިޒް ފާހަގަކުރެއްވިއެވެ.

Advertisement

ސަރުކާރުން ރަށްރަށުގައި ޕްރޮޖެކްޓުތައް ހިންގަނީ ދުރުވިސްނުމާއެކުކަން ފާހަގަކުރައްވައި ނާޝިޒް ވިދާޅުވީ، އެއީ އެންމެ ދުވަހެއްގެ ވިސްނުމެއް ނޫންކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސިޔާސަތު ބައްޓަންވެފައިވަނީ ރަށްރަށުގައިވެސް ރައްޔިތުންނަށްޓަކައި އިގުތިސާދީ އެތައް ހަރަކާތެއް ހިންގޭގޮތަށް ކަމަށް ނާޝިޒް ވިދާޅުވިއެވެ.

ނާޝިޒް އިތުރަށް ވިދާޅުވީ، ފެނާއި ނަރުދަމާއާއި، ސިއްހީ ޚިދުމަތާއި، ސުކޫލްތަކާއި، ރަށްރަށުގެ ބަނދަރުފަދަ ޕްރޮޖެކްޓުތައް ހިންގުމުން، އެއިން ކޮންމެ ރަށަކީވެސް ކައިރި މުސްތަގުބަލުގައި ދެވަނަ މާފުއްޓަކަށް ނުވަތަ ތުލުސްދޫއަކަށް ވުން ގާތްކަމަށެވެ. އެގޮތުން އެއިން ކޮންމެ ރަށަކީވެސް އަމިއްލައަށް އާމްދަނީ އުފެއްދޭނެ ރަށްރަށަށް ވެގެންދާނެކަން ނާޝިޒް ފާހަގަކުރެއްވިއެވެ.

ކުރިއަށް އޮތް (ޝޯޓް-ޓަރމް) މުސްތަގުބަލުގަ ހަމަ އަޅުގަނޑުމެން ކޮމްޕެއަރކުރާ ކަމުގަވާނަމަ، ދެވަނަ މާފުއްޓަކަށް ނޫނީ ދެވަނަ ތުލުސްދޫއަކަށް، ނޫނީ އުކުޅަހަކަށް ތޮއްޑޫއަކަށް ވެގެންދާނެކަން. އެ ދެން ވެގެންދާނީ އެއިން ކޮންމެ ކޮމިއުނިޓީއެއްގަ އަމިއްލަ ޒާތުގަ އެތަނަކުން އެތައް ބައިވަރު އިންކަމެއް ޖެނެރޭޓްކުރާނެ ތަންތަނަށް.
މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒު

ނާޝިޒް ވިދާޅުވީ، އެކަންކަން ހާސިލުކުރުމަށްޓަކައި ސަރުކާރުން ނިންމުންތަކެއްވެސް ނިންމަންޖެހޭކަމަށެވެ. އަދި ސަރުކާރުން ނިންމާ ނިންމުންތަކަކީ މާލީ ތަޖުރިބާކާރުންގެ ލަފަޔާއި މަޝްވަރާވެސް ހޯދައިގެން ނިންމާ ނިންމުންތަކެއްކަން ނާޝިޒް ފާހަގަކުރެއްވިއެވެ.

ނާޝިޒް ވަނީ މި ސަރުކާރުން މާލީ ކަންކަން މެނޭޖްކުރާ ގޮތް ފާހަގަކުރައްވައި، ކޮވިޑުގެ ދަތި ހާލަތުގައިވެސް އިގުތިސާދު މެނޭޖްކުރިގޮތަށް އަލިއަޅުވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް