ކ. މާލެ
|
28 އޮކްޓޯބަރ 2022 | ހުކުރު 22:51
އިސްމާއިލް ބިން މޫސާ (މުފްތީ މެންކު)
އިސްމާއިލް ބިން މޫސާ (މުފްތީ މެންކު)
ރައީސް އޮފީސް
މުފްތީ މެންކުގެ ދަރުސް
ކޮންމެ ކަމެއްގައިވެސް ރައްކާތެރިކަމަށް އެދެންވީ މާތްﷲ ގެ ހަޟްރަތުން: މުފްތީ މެންކް
ހާސްވުމާއި ކަންބޮޑުވުން ދިމާވާ އެތައް ސަބަބެއް ވޭ
އެއީ އީމާންތެރިކަން ދަށްވުމެއް ނޫން
ކޮންމެ ކަމަކާ ކުރިމަތިވިޔަސް މާތް ﷲ ހަނދުމަކުރޭ

ކޮންމެ ކަމަކާ ކުރިމަތިވިކަމުގައިވިޔަސް މާތް ﷲގެ ހަޟުރަތުން ރައްކާތެރިކަމަށް އެދުމަށް އިސްމާއިލް ބިން މޫސާ (މުފްތީ މެންކު) ނަސޭހަތްތެރިވެ ވަޑައިގެންފިއެވެ.

"ޑިޕްރެޝަން، އެންގްޒައިޓީ އަދި ސްޓްރެސް" މި މައުޟޫއަށް ހުކުރު ދުވަހުގެރޭ މުފްތީ މެންކު ދެއްވި ދަރުހުގައި ވިދާޅުވީ މާތް ﷲ ކޮންމެ އިންސާނެއްވެސް މި ދުނިޔެއަށް އުފަންކުރުވަނީ އެމީހަކަށް ރައްކާތެރިކަން ލިއްބައިދޭ ގޮތަށް ކަމަށެވެ.

ހާސްވުމާއި، ކަންބޮޑުވުން ދިމަވާ އެތައް ސަބަބެއް ވާކަން ފާހަގަކުރައްވައި މުފްތީ ވިދާޅުވީ ވަރުބަލިވުމާއި ހާސްވުން ފަދަ ކަންކަމަކީ އިންސާނުންނަށްވީތީ ވާ ކަންކަން ކަމަށެވެ. އެއީ ތިމާގެ އިމާންތެރިކަން ދަށްވުމުން ވާ ކަމެއް ނޫން ކަމަށާއި، އެހެންނަމަވެސް ދިރިއުޅުމުގައި ދިމާވާ ކޮންމެ ކަމަކުންވެސް މާތް ﷲ ގެ ހަޟުރަތުން މަދަދަށް އެދުމަކީ ހާސްވުމާއި، ފިކުރުކުރުމާއި، އަދިވެސް މިނޫން އެތައް ކަމަކުން ދުރުކޮށްދޭނެ ކަމެއް ކަމަށް މުފްތީ ވިދާޅުވިއެވެ. އަދި ކޮންމެ ކަމަކާ ކުރިމަތިވިޔަސް ﷲ އާ ކައިރިވުމަށް މުފްތީ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ކީރިތި ރަސޫލާ މުހައްމަދު ﷺ ވެސް މިފަދަ ކަންކަމުން މާތް ﷲގެ ހަޟުރަތުން ރައްކާތެރިކަމަށް އެދިވަޑައިގެންފައިވާކަމަށް މުފްތީ ވިދާޅުވިއެވެ. ކޮންމެ ކަމަކާ ކުރިމަތިވިޔަސް ރޭގަނޑު އަވަހަށް ނިދައި، ފަތިހު ހޭލައި ފަތިސް ނަމާދުކުރުމަށް މުފްތީ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ. އެކަން އެގޮތަށް ކުރުމަށް މާތް ﷲ ވަހީކުރައްވާފައިވާކަމަށާއި، މާތް ﷲ ކަމަކަށް ވަހީކުރައްވާނީ އެކަމެއްގައި އެތައް ފައިދާއެއް ހިމެނޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

މުފްތީ ވިދާޅުވީ ޑިޕްރެޝަން އާއި އެންގްޒަޔަޓީ ފަދަ ކަންކަމަކީ ވަކި ހިސާބަކަށް ދިއުމުން މިކަމުގައި ތަޖުރިބާކާރުންގެ އެހީ ހޯދަންޖެހޭ ކަންކަން ކަމަށެވެ. އެހެންނަމަވެސް މާތް ﷲ ހަނދުމަކޮށް، ނަމާދުކުރުމާއި، ޤުރުއާން ކިޔެވުމަކީ ހިތަށް ފިނިކަން ގެނުވާނެ ކަމެއް ކަމަށެވެ. އަދި ޤުރުއާނުގައި ކޮންމެ ކަމެއްގެވެސް ޝިފާ ވާކަން މުފްތީ ވަނީ ހަނދާންކޮށްދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް