Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2022 | ބުރާސްފަތި 19:01
ޕްރޮގްރާމުގެ ތެރެއިން
ޕްރޮގްރާމުގެ ތެރެއިން
ޕޮލިސް
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން
ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން އެމްޓީސީސީގެ މުވައްޒަފުންނަށް މައުލޫމާތުދީފި
ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތުދީފައިވޭ

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ މުވައްޒަފުން އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

ފުލުހުން ބުނީ މެރިން ޕޮލިހުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ. އަދި ކަނޑު އުޅަނދުފަހަރު ދުއްވުމުގައި، އުޅަނދާއި އުޅަނދުން ދަތުރުކުރާ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަންދޭންވީ ކަންކަމާއި، އުޅަނދަށް ދިމާވާ ކުދިކުދި މައްސަލަތައް ހައްލުކުރާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށެވެ.

އޭގެ އިތުުރުން، ދަތުރަކަށް ފެށުމުގެ ކުރިން ސަމާލުކަންދޭންވީ ކަންކަމާއި، ލައިފް ޖެކެޓު އެޅުމާއި އެކަމުގެ މުހިންމުކަމާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވާއިރު، ކަނޑުމަތީގެ ހާދިސާތަކުގައި އަމަލުކުރާނެގޮތުގެ މައުލޫމާތުވެސް ހިއްސާކޮށްފައިވެއެވެ.

Advertisement

އޮގަސްޓް 22ން 25ށް ކުރިއަށް ގެންދިޔަ ޕްރޮގްރާމްގައި، އެމްޓީސީސީގެ 26 މުވައްޒަފުން ބައިވެރިވިއެވެ.

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް މެރިން ޕޮލިހުން ދަނީ ހިންގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް