Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2022 | ބުރާސްފަތި 17:05
ރީބްރޯޑްކާސްޓްކުރާ ބައެއް ކުންފުނިތަކުގެ އިސް ބޭފުޅުން
ރީބްރޯޑްކާސްޓްކުރާ ބައެއް ކުންފުނިތަކުގެ އިސް ބޭފުޅުން
ރާއްޖެއެމްވީ
ރީބްރޯޑްކާސްޓް ކުރުމުގެ ޚިދުމަތް
ރީބްރޯޑްކާސްޓްކުރާ ކުންފުނިތަކުގެ އާދޭހަކީ ކުދި ވިޔަފާރިތައް "ފުނޑާނުލުން"
ރާއްޖެއިން ބޭރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ރީބްރޯޑްކާސްޓް ނުކުރެވޭގޮތަށް، ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ވަނީ އިސްލާހު ގެނެސްފައި
ބްރޯޑްކާސްޓިންގ ސިނާއަތުގެ ވާދަވެރިކަން ގެއްލި، އެއް ކުންފުންޏެއްގެ ބާރުގެ ދަށަށް މުޅި ސިނާއަތް ދިޔުމުގެ ބިރު ހީވެފައިވާކަމަށް ކުދި ކުންފުނިތަކުން ބުނޭ

ރީބްރޯޑްކާސްޓްކުރާ ކުންފުނިތަކުން އެދެނީ ބޮޑެތި ކުންފުނިތަކުން ކުދި ވިޔަފާރިތައް "ފުނޑާލުމަށް" ފުރުސަތު ނުދިނުންކަމަށް އެ ކުންފުނިތަކުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައި ވާހަކަދައްކަމުން އޭދަފުށީ ކޭބަލް ނެޓްވޯކް ޕްރައިވެޓް ލިމިޓެޑާއި ސްކައި ލައިފް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ވަނީ، ބްރޯޑްކާސްޓިންގ ސިނާއަތުގެ ވާދަވެރިކަން ގެއްލި އެއް ކުންފުންޏެއްގެ ބާރުގެ ދަށަށް މުޅި ސިނާއަތް ދިޔުމުގެ ބިރު ހީވެފައިވާކަަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ދިރާގުން ކަންކަން ކުރާގޮތުން އެ ކުންފުނިތަކަށް ދަތިވާކަން ވަނީ ފާހަގަކޮށްފައެވެ. ރާއްޖޭގައި ވަރަށް ކުރީއްސުރެ ވަރަށް އާދައިގެ ގޮތަކަށް ކުންފުނިތަކުން ރީބްރޯޑްކާސްޓްކުރަމުން އައިސްފައިވާކަމަށާއި، މިހާރު ދިރާގުން އަމަލުކުރާ ގޮތުން އެ ކުންފުނިތަކަށް ޚިދުމަތް ދިނުމުގައި ދެމި ތިބުމަށް ދަތިވާކަަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. ރީބްރޯޑްކާސްޓްކުރާ މީހުންނަށް ޝެއަރއެއް ނުދީ ހުރިހާ މާލީ ފައިދާއެއް ދިރާގަށް ލިބޭގޮތަށް އަމަލުކުރާތީ، އެކަމާމެދު އެ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މީގެ އިތުރުން ޑާޓާ ބޭނުންކުރާ މީހުންނަށް ހިލޭ ދިރާގު ޓީވީ ލިބޭގޮތަށް ކައިރި ކައިރީގައި ޕްރޮމޯޝަންތައް ހިންގުމަކީ ރީބްރޯޑްކާސްޓްކުރާ އެހެން ފަރާތްތަކަށް ނުހަނު ބޮޑެތި ގެއްލުމާ ކުރިމަތިލާންޖެހޭ ކަމެއް ކަމަށްވެސް އެ ކުންފުނިތަކުން ވަނީ ބުނެފައެވެ. ދިވެހި ކުންފުނިތަކަށް ފުރުސަތު ގެއްލޭގޮތަށް ރީބްރޯޑްކާސްޓްކުރުމުގެ ފުރުސަތު ދޭތީ އެ ކަންބޮޑުވުންވެސް ފާޅުކޮށްފައެެވެ.

Advertisement

ދިރާގަށް ރީބްރޯޑްކާސްޓްކުރަން ހުއްދަ ދިނުމުން، ދިރާގާ ދެކޮޅަށް މައްސަލައެއް ވަނީ ހުށަހަޅާފައެވެ. ކޯޓު މަރުހަލާގައި އެ މައްސަލަ އޮންނަތާ މިހާރު ވަނީ 9 އަހަރު ވެފައެވެ. މީޑިއާ ނެޓުން ޗެނަލްތައް ނަގައިގެން ރީބްރޯޑްކާސްޓްކުރާ 150 ފަރާތެއް އެބައޮތްކަަމަށާއި، މީޑިއާ ނެޓް ނޫން އެހެން ފަރާތްތަކުން ރީބްރޯޑްކާސްޓްކުރާ ކުދި ވިޔަފާރިތަކަށް އެންމެ އެކަށީގެންވާ އެއްބާރުލުމެއް ލިބެމުން ނުދާކަމަށް އެ ކުންފުނިތަކުން ވަނީ ބުނެފައެވެ. އެ ކުންފުނިތަކުން ވަނީ މި މައްސަލައާ ގުޅޭ ޕެޓިޝަނެއް ހިމެނޭ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައެވެ. އަދި އެ ސިޓީގެ ކޮޕީއެއް ރައްޔިތުން މަޖިލީހަށް ވަނީ ފޮނުވާފައެވެ.

ކޮމިޓީ މެމްބަރުން ވަނީ ގިނަ ކުންފުނިތަކުން ރީބްރޯޑްކާސްޓިންގެ ފުރުސަތު ދިނުމަކީ ވާދަވެރި މާހައުލެއްގައި ޚިދުމަތް ދިނުމަށް ލިބޭ ފުރުސަތެއްކަމަށް ބުނެފައެެވެ. ރީބްރޯޑްކާސްޓްކުރާ ކުދި ކުންފުނިތަކުން އެދެނީ ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށް ޚިދުމަތް ދިނުމަށް ފުރުސަތު ލިބުންކަަމަށާއި، އެއީ އެންމެ ރަނގަޅު ގޮތް ކަަމަށް ގަބޫލުކުރާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ރާއްޖެއިން ބޭރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ރީބްރޯޑްކާސްޓް ނުކުރެވޭ ގޮތަށް، ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިސްލާހު ގެނައުމާގުޅިގެން، އެކަމާ ގުޅުންހުރި ބޮޑެތި ކުންފުނިތަކާ ބައްދަލުކުރުމަށްވެސް މަޖިލީހުގެ ކޮމިޓީން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް