ކ. މާލެ
|
26 އޮކްޓޯބަރ 2022 | ބުދަ 18:52
މިނީ ބަހުގެ ޓެސްޓް ދަތުރުތައް ފެށުން
މިނީ ބަހުގެ ޓެސްޓް ދަތުރުތައް ފެށުން
އެމްޓީސީސީ
ރާއްޖެ ޓްރާންސްޕޯޓް ލިންކް
ސެނަހިޔާ ކައިރީގައި ބަސް ސްޓޮޕެއް
ދެ ރޫޓަކުން ބަސް މަޑު ކުރާނެ

ބުރާސްފަތި ދުވަހުން ފެށިގެން ހެންވޭރު ސެނަހިޔާ ކައިރީގައި ބަސް ސްޓޮޕެއް އިތުރުކޮށް އެތަނަށް ބަސް މަޑު ކުރާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ސެނަހިޔާ ކައިރީގައި ހަދާ ބަސް ސްޓޮޕަށް ދެ ރޫޓަކުން ދަތުރު ކުރާ ބަސްތައް މަޑު ކުރާ ނެ ކަމަށެވެ. އެއީ މާލޭގެ ކާނިވާ ސަރަހައްދުން ހުޅުމާލެ ފުރަތަމަ ފިޔަވައްސަށް ދާ ބަހާއި ހުޅުމާލެ ދެވަނަ ފިޔަވަހިން ކާނިވާ ސަރަހައްދަށް ދަތުރު ކުރާ ބަހެވެ.

މި ބަދަލު އެމްޓީސީސީން ގެނެސްފައިވަނީ ރާއްޖެ ޓްރާންސްޕޯތް ލިންކް (އާރުޓީއެލް) ގެ ދަށުން ގްރޭޓަރ މާލެ ސަރަހައްދުގައި ބަހުގެ ޚިދުމަތް ހޯދާ ގިނަ ފަރާތްތަކުގެ އެދުމުގެ މަތިންނެވެ.

އެމްޓީސީސީން ވަނީ ބަހުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އަމާޒުކޮށްގެން ސާވޭއެއް ކުރިއަށް ގެންގޮސްފައެވެ. މި ސާވޭއިން ދައްކާ ގޮތުގައި ގިނަ ބަޔަކު ސެެނަހިޔާ ހޮސްޕިޓަލު ހުންނަ ސަރަހައްދަށް ފަސޭހައި ދެވޭ ގޮތް ހަދައިދިނުމަށް ވަނީ އެދިފައެވެ. އަދި ސިއްހީ ފަރުވާ ހޯދުމަށް ގިނަ ބަޔަކު ސެނަހިޔާއަށް ދާއިރު ބަސްހުއްޓިއެއް ނެތުމުން ދަތިވާކަމަށް އެ ސާވޭއަށް މައުލޫމާތު ދިން ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

އެމްޓީސީސީން ވަނީ ދާދި ފަހުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވެސް އިތުރު ދެ ބަސް ސްޓޮޕް ހަދައިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް