ކ. މާލެ
|
23 އޮކްޓޯބަރ 2022 | އާދީއްތަ 20:14
ޖަޕާނު ސަރުކާރާއި އޮމަދޫ ސްކޫލާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން
ޖަޕާނު ސަރުކާރާއި އޮމަދޫ ސްކޫލާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން
އެޑިއުކޭޝަން މިނިސްޓްރީ
އޮމަދޫ ސްކޫލް
ޖަޕާނުގެ އެހީގެ ދަށުން އޮމަދޫ ސްކޫލް އިތުރަށް ތަރައްގީކުރަނީ
މި މަސައްކަތަށް ޖަޕާނުން 1.2 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދޭނެ
ސްކޫލްގައި ކްލާސްރޫމް އިމާރާތްކުރުމާއި ސެން ކުދިންނަށް ޚާއްސަ ފާޚާނާ ހަދާނެ

ޖަޕާނުގެ އެހީގެ ދަށުން އދ. އޮމަދޫ ސްކޫލްގެ އަޕްގްރޭޑިންގ މަސައްކަތްތަކެއް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޖަޕާނު ސަރުކާރުން ވަނީ މި މަސައްކަތަށް 80،731 ޑޮލަރު ނުވަތަ 1.2 މިލިއަން ރުފިޔާގެ އެހީ ފޯރުކޮށްދޭން އެއްބަސްވެފައެވެ. މިކަމުގެ އެއްބަސްވުމުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޓަކެއުޗީ މިޑޯރީއެވެ. އޮމަދޫ ސްކޫލްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރިންސިޕަލް ހަސަން އާމިރެވެ.

ޖަޕާނު ސަރުކާރުގެ އެހީގައި ސްކޫލުގައި ކްލާސްރޫމް އިމާރާތްކުރުމާއި، ސްޕެޝަން އެޑިއުކޭޝަން ނީޑް (ސެން) ދަރިވަރުންނަށް ފަސޭހައިން ބޭނުންކުރެވޭ ފާޚާނާއެއް އެޅުން މި އެއްބަސްވުމުގަައި ހިމެނެއެވެ. މީގެ އިތުރުން މި އެހީގެ ދަށުން ސްކޫލްގެ ކްލާސްރޫމްތަކަކީ ރައްކާތެރި ތަންތަން ކަމުގައި ކަށަވަރުވާނެއެވެ. އަދި މި ތަން އިމާރާތްކުރެވިގެންދާނީ ގުދުރަތީ ކާރިސާއެއްގެ ވަގުތުގައި ރައްކާތެރިކަން ހޯދުމަށް ބޭނުންކުރެވޭނެ ތަނެއްގެގޮތުގައި ކަމަށް އެއްބަސްވުމުގައި ފާހަގަކޮށްފައިވެއެވެ.

މި މަސައްކަތް ކުރިއަށްގެންދާނީ އޮމަދޫ ސްކޫލާއި އެޑިއުކޭޝަން މިނިސްޓްރީން ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް