ކ. މާލެ
|
23 އޮކްޓޯބަރ 2022 | އާދީއްތަ 07:30
އޭސީ މިލާނުން ކުޅުނު މެޗުގެ ތެރެއިން
އޭސީ މިލާނުން ކުޅުނު މެޗުގެ ތެރެއިން
ޓްވީޓަރ
އިޓާލިއަން ލީގު
މޮންޒާ ބަލިކޮށް ނަޕޯލީގެ ފަހަތުގައި އޭސީ މިލާނުން ވިއްދައިފި
މިލާންގެ އަމިއްލަ ދަނޑުގައި އެ ޓީމުން މޮންޒާގެ މައްޗަށް ކުރި ހޯދީ 1-4 އިން

އިޓާލިއަން ލީގުގައި މޮންޒާ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނުން އެއް ވަނައިގައި އޮތް ނަޕޯލީ ފުލުގައި ވިއްދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ މިލާންގެ އަމިއްލަ ދަނޑުގައި އެ ޓީމުން މޮންޒާގެ މައްޗަށް ކުރި ހޯދީ 1-4 އިންނެވެ.

މެޗުގައި މިލާންގެ ފުރަތަމަ ދެ ލަނޑު ޖަހައިދިނީ ބްރަހިމް ޑިއާޒްއެވެ. އެއީ މެޗުގެ 16 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑާއި، 41 ވަނަ މިނެޓުގައި އޭނާ ޖެހި ލަނޑުތަކެވެ. ފުރަތަމަ ހާފު މިލާނުން ނިންމާލީ ދެ ލަނޑުގެ ލީޑަކުންނެވެ. އެ ޓީމުގެ އަނެއް ދެ ލަނޑު ފެނުނީ މެޗުގެ ދެ ވަަނަ ހާފުގައެވެ.

ދެ ވަނަ ހާފުގެ ކުޅުނު ފަށައިގެން މިލާނުން ވަނީ އިތުރު ލަނޑު ޖެހުމަށް މަސައްކަތްކޮށްފައެވެ. އެ މަސައްކަތް އެ ޓީމަށް ކާމިޔާބު ކުރެވުނީ 65 ވަނަ މިނެޓުގައެވެ. މިލާންގެ ތިން ވަނަ ލަނޑު ޖަހައިދިނީ ޑިވޮކް އޮރީގީއެވެ. އޭގެ ފަސް މިނެޓު ފަހުން ރަނޯޝިއާ ވަނީ މޮންޒާގެ ހަމައެކަނި ލަނޑު ޖަހާފައެވެ. މިލާންގެ ފަހު ލަނޑު މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި ޖެހީ ރަފައެލް ލިއޯއެވެ.

މެޗުން މޮޅުވެ މިލާން ވަނީ ތާވަލްގެ ދެ ވަނަ އަށް ޖެހިލައިފައެވެ. އެއީ އެ ޓީމު ކުޅުނު 11 މެޗުން 26 ޕޮއިންޓު ހޯދައިގެންނެވެ. މިލާނަށް ވުރެ އެއް މެޗު މަދުން ކުޅެގެން އެއް ވަނައިގައި އޮތް ނަޕޯލީ އަށް ވެސް ލިބެނީ 26 ޕޮއިންޓެވެ. ނަޕޯލީ ކުރި ހޯދަނީ ފައިދާ ގޯލުންނެވެ. ލީގުގައި އާދިއްތަ ދުވަހުގެ ރޭ ރޯމާއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެ ނަޕޯލީ އަށް އެއް ވަނައިގައި ލީޑު ނެގޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް