ކ. މާލެ
|
22 އޮކްޓޯބަރ 2022 | ހޮނިހިރު 21:30
ޅ. ކުރެންދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފެށުން
ޅ. ކުރެންދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފެށުން
އިސްލާމިކް މިނިސްޓްރީ
ޅ. ކުރެންދޫގައި އަލަށް އިމާރާތްކުރާ މިސްކިތް
ޅ. ކުރެންދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި
މަސައްކަތް އަމަލީގޮތުން ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ

ޅ. ކުރެންދޫގައި އަލަށް އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މަސައްކަތް އަމަލީގޮތުން ފައްޓަވައިދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީއެވެ. މިނިސްޓަރުގެ އިތުރުން ކުރެންދޫ ދާއިރާގެ މެންބަރު އަބްދުލް ޣަނީ އަބްދުލް ހަކީމާއި ކުރެންދޫ ކައުންސިލުގެ ރައީސް އިސްމާއީލް މަދީހުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މެއި 11، 2022ގައި އެ މަސައްކަތް ހަވާލުކޮށްފައިވަނީ މިމްސް ކޮންސްޓްރަކްޝަނާއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ 365 ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވާކަމަށެވެ.

މި މިސްކިތް ބިނާކުރުމަށް 14.2 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ކުރެންދޫގައި އަލަށް ބިނާކުރާ މި މިސްކިތަކީ ގާތްގަނޑަކަށް 700 އެއްހާ މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިއީ އަންހެނުންނާއި ފިރިހެނުންނަށްވެސް ނަމާދުކުރެވޭނެ ގޮތަށް ފަރުމާކުރާ މިސްކިތެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް