Advertisement
ކ. މާލެ
|
18 އޮކްޓޯބަރ 2022 | އަންގާރަ 21:19
ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާ ލީސް (ވ2) އެއަރޕޯޓުގައި
ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާ ލީސް (ވ2) އެއަރޕޯޓުގައި
ކީރިތި ޤްރްޢާނާއި ބެހޭ މަރުކަޒް
ޤުރުއާނާ ބެހޭ މަރުކަޒު
އިންޓަރނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީގައި ރާއްޖެ ތަމްސީލުކުރާ ދަރިވަރު ފުރައިފި
ލީސް އަކީ މި މުބާރާތުގައި ވާދަ ކުރާ އެންމެ ހަނގު ބައިވެރިޔާ
މި މުބާރާތުގައި ރާއްޖެ ތަމްސީލް ކުރަނީ އުމުރުން 15 އަހަރުގެ އާއިޝަތު ލީސް އައުރަފް ފާރޫގު

62  ވަނަ "އިންޓަރނޭޝަނަލް އަލް-ޤުރްއާން ރިސައިޓަލް އެންޑް މެމޮރައިޒިން އެސެމްބްލީ 2022" ގައި ރާއްޖެ ތަމްސީލް ކުރާ ދަރިވަރު މެލޭޝިއާއަށް ފުރައިފިއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލް ކުރާނީ އުމުރުން 15 އަހަރުގެ އާއިޝަތު ލީސް އައުރަފް ފާރޫގުއެވެ. އޭނާއަކީ މި މުބާރާތުގައި ބައިވެރިވާ އެންމެ ހަނގު ދަރިވަރުކަމަށް ޤުރުއާނާ ބެހޭ މަރުކަޒުން ބުނެއެވެ.

މި މުބާރާތް ކުރިއަށްދާނީ މި މަހުގެ 17 އިން 22 އަށް މެލޭޝިއާގެ ވެރިރަށް ކުއަލަލަންޕޫރުގައެވެ. މި މުބާރާތަށް ކަލާފާން ސްކޫލްގެ ދަރިވަރު ލީސް ހޮވާފައިވަނީ މިކަމަށް ޚާއްސަ އޮޑިޝަނެއް ބޭއްވުމަށްފަހުއެވެ. މި އޮޑިޝަން ބޭއްވީ މެލޭޝިއާއިން މި މުބާރާތް އިންތިޒާމުކުރައްވާ ފަރާތްތަކުންނެވެ.

Advertisement

މި ދަރިވަރު މުބާރާތައް ފުރުމުގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވަނީ އެނާ އާ ބައްދަލުކުރައްވައި ހިތްވަރު ދެއްވާފައެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނީ މިއީ ރާއްޖޭގެ ކޮންމެ ފަރާތަކަށްވެސް ލިބިދާނެ ފުރުސަތެއް ކަމަށެވެ. އަދި މިފަދަ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރުމަށްޓައި ވީހާވެސް ގިނަ ފަރާތްތަކުން މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފުމަށް އެ މަރުކަޒުން އެދެއެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރާތާ ވިއްސަކަށް އަހަރު ވެފައިވާއިރު، ރާއްޖެއިން މި މުބާރާތުގައި ބައިވެރިވާ ދަރިވަރުން، ގަދަ 10 އަދި ގަދަ 5 ގައިވެސް ހިމެނޭކަން އެ މަރުކަޒުން ފާހަގަކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް
18 އޮކްޓޯބަރ 2022 | އަންގާރަ 23:37
ދިވެއްސެއް
ގުޑްލަކް