ކ. މާލެ
|
18 އޮކްޓޯބަރ 2022 | އަންގާރަ 21:03
މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖްގެ ތެރެއިން
މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖްގެ ތެރެއިން
ރައީސް އޮފީސް
މޯލްޑިވްސް އިންޓަރނޭޝަނަލް ޗެލެންޖް
ނަބީ، ނިބާލް އަދި އާކިފްގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފި
އަންހެން ސިންގަލްސް ފުރަތަމަ ބުރުގެ މެޗުގައި ނަބީ ވާދަކުރީ އީރާންގެ ސާރާ އަމީނިއާންއާ
ފިރިހެން ސިންގަލްސްގައި ނިބާލްގެ ފުރަތަމަ މެޗު އޭނާ ކާމިޔާބުކުރީ ނިކޯލަސް ބޮންކޯސްކީ ބަލިކޮށްގެން

މިއަދު ރާއްޖޭގައި ފެށި ލިނިންގ މޯލްޑިވްސް އިންޓަރނޭޝަނަލް ބެޑްމިންޓަން ޗެލެންޖް 2022ގައި ރާއްޖޭގެ އާމިނަތު ނަބީހާ އަބްދުލް ރައްޒާގް، އަހްމަދު ނިބާލް އަދި މުހައްމަދު އާކިފް ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފިއެވެ.

އަންހެން ސިންގަލްސް ފުރަތަމަ ބުރުގެ މެޗުގައި ނަބީ ވާދަކުރީ އީރާންގެ ސާރާ އަމީނިއާންއާއެވެ. ނަބީ މި މެޗު ކާމިޔާބުކުރީ 21-17 އަދި 23-21ންނެވެ. އަންހެން ސިންގަލަސްގެ ދެވަނަ ބުރުގައި ނަބީ ވާދަކުރަން ޖެހޭނީ އިންޑިއާގެ އާދިޔާ ވާރިއާތުއާ ދެކޮޅަށެވެ.

ނަބީގެ އިތުރުން އަންހެން ސިންގަލްސްގައި މިއަދު ރާއްޖޭގެ 4 ކުޅުންތެރިން ވާދަކުރިއެވެ. އިންޑިއާގެ ސްނޭހާ އަޖްވާ އަތުން ޝައިބާ މުހައްމަދު ޝަރީފް ބަލިވީ 21-8 އަދި 21-5ންނެވެ. ރާއްޖޭގެ ޝުބާ މުހައްމަދު ޝަރީފްގެ މައްޗަށް ސްރީ ލަންކާގެ ރަޝްމީ މުޑަލީގެ ކުރިހޯދީ 21-4، 21-2ންނެވެ. މެލޭޝިޔާގެ އަމަންޑާ ހްވާ ވަނީ ރާއްޖޭގެ އައިޝަތު އަފްނާން ރަޝީދުގެ މައްޗަށް 21-14، 21-6ން ކުރިހޯދާފައެވެ. އިންޑިއާގެ އަކްޝަޔާ އަރުމުގާން އަތުން ރާއްޖޭގެ ސަމްރާ އަހުމަދު ހައިކަލް ބަލިވީ 21-4، 21-0ންނެވެ.

ފިރިހެން ސިންގަލްސްގައި ނިބާލްގެ ފުރަތަމަ މެޗު އޭނާ ކާމިޔާބުކުރީ ނިކޯލަސް ބޮންކޯސްކީއާއި ވާދަކޮށް 21-9، 21-15ންނެވެ. މެންސް ސިންގަލްސްގައި ރާއްޖޭގެ މުހައްމަދު އާކިފް ކުޅުނު މެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ. ރާއްޖޭގެ ލިޔާހް އަބްދުލް ލަތީފްއާއި ވާދަކޮށް އާކިފް ކުރިހޯދީ 21-6، 21-7ންނެވެ.

މީގެ އިތުރުން ސީޑުކޮށްގެން ރާއްޖޭގެ އާމިނަތު ނަބީހާ އާއި ފާތިމަތު ނަބާހާ ވަނީ އަންހެން ޑަބަލްސްގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އަދި ނަބާހާ އާއި ހުސައިން ޒަޔާންގެ ޕެއަރ ވަނީ މިކްސްޑް ޑަބަލްސްގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ.

- ކޮމެންޓް