ކ. މާލެ
|
18 އޮކްޓޯބަރ 2022 | އަންގާރަ 17:56
ޒުވާނުންގެ ދިސާ ކޭމްޕް
ޒުވާނުންގެ ދިސާ ކޭމްޕް
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ޒުވާނުންގެ ދިސާ
"ޒުވާނުންގެ ދިސާ" ކޭމްޕު ނޮވެމްބަރު މަހު ބާއްވަނީ
ކޭމްޕު ކުރިއަށްދާނީ ނޮވެމްބަރު 16 އިން 20 އަށް
މިއީ އުމުރުން 16 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށް ޚާއްސަ ކޭމްޕެއް

އެޗްޑީސީ އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ޒުވާނުންގެ ދިސާގެ ނަމުގައި ޚާއްސަ ކޭމްޕެއް ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެޗްޑީސީން ބުނީ މިއީ ދިރިއުޅުމުގެ ރިވެތި އާދަތަކާއި ލައިފް ސްކިލްގެ އެކި މައުލޫމާތުތަކާއި ހަރަކާތްތަކާއި އެކު ބޭއްވުމަށް ހަމަޖެހިފައިވާ ކޭމްޕެއް ކަމަށެވެ.

މި ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އޮންލައިން ލިންކެއް މެދުވެރިކޮށް ކޭމްޕުގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅޭނެ ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

ނޮވެމްބަރު 16 އިން 20 އަށް ހުޅުމާލޭ ފަރުކޮޅުފުށި ކޮންފަރެންސް ހޯލުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ޖުމްލަ 30 ބައިވެރިންނަށް ފުރުސަތު ދިނުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. މި ޕްރޮގްރާމް ޚާއްސަ ކުރެވިފައި ވަނީ އުމުރުން 16 އަހަރާއި 20 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ.

މި ހަރަކާތަކީ 2019 އިން ފެށިގެން ޔޫތް މިނިސްޓްރީ އާއި ގުޅިގެން އެ ކޯޕަރޭޝަންގެ ފަރާތުން ކުރިއަށް ގެންދަމުން އަންނަ ހަރަކާތެކެވެ. މި ކޭމްޕްގެ އަމާޒަކީ ޒުވާނުން ބިނާ ކުރުމުގައި ސަރުކާރުގެ ސިޔާސަތުތަކާއި އެއްގޮތަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށް އެޗްޑީސީން ފާހަގަކޮށްފައިވެއެވެ.

- ކޮމެންޓް