ކ. މާލެ
|
22 ޖޫން 2017 | ބުރާސްފަތި 11:07
ހައްޖު ގުރޫޕްތަކަށް މާކްސް ދިނުމުގައި އޭސީސީއަށް ވަނީ މައްސަލަ ހުށަހަޅާފައި
ހައްޖު ގުރޫޕްތަކަށް މާކްސް ދިނުމުގައި އޭސީސީއަށް ވަނީ މައްސަލަ ހުށަހަޅާފައި
މެގަމޯލްޑިވްސް
ހައްޖު ކޯޓާ
ހައްޖަށް މީހުން: ކޯޓަށް ވެއްދި މައްސަލަ އަނބުރާ ނެގުމަށް ފަހު އަލުން ވައްދަނީ
މައްސަލަ ހުށަހެޅީ ގުރޫޕްތައް ކަނޑައެޅިގޮތާމެދު
ހުއްދަ ދީފައި އޮތީ ހަތަރު ކުންފުންޏަށް
ކޯޓާ ދޫކުރުމުގައި ނުފޫޒް ފޯރުވާކަމަށް ބެލެވޭ އޯޑިއޯތަކެއް ވަނީ ލީކުވެފައި

މި އަހަރު ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް އިސްލާމިކް މިނިސްޓްރީން ކަނޑައެޅި ގޮތާ ބެހޭ ގޮތުން އެކްރޯ ކުންފުނިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސް، އެ މައްސަލަ އަލުން ދިރާސާކޮށް ކޯޓަށް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެކްރޯ ކުންފުނިން ބުނީ މައްސަލަ އަނބުރާ ގެންދިޔައީ މައްސަލާގައި ދިރާސާ ކުރަން ޖެހޭ ކަންތައްތަކެއް ހުރުމުން ކަމަށެވެ. އެގޮތުން އިސްލާމިކް މިނިސްޓްރީން ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް ތިން ވަނަ ފަހަރަށް ކަނޑައެޅީ ބިޑްތައް އިވެލުއޭޓް ނުކޮށް ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ. އަދި މައްސަލަ އީދު ބަންދަށް ފަހު ކޯޓަށް ވައްދާނެ ކަމަށް އެކްރޯ ކުންފުން ހާމަކުރެއެވެ.

ހައްޖަށް މީހުން ގެންދިއުމަށް 16 ކުންފުންޏަކުން މި އަހަރު ކުރިމަތިލި އެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ހުއްދަ ދިނީ ހަ ކުންފުންޏަކަށެވެ. އެއީ ހައްޖު ކޯޕަރޭޝަނާއި އަލްހަރަމައިން އާއި ސިސިލްފަރާއި ޒައީ ގްރޫޕްގެ އިތުރުން ދަރުމަ ލިލް ހައްޖު އަދި ކިސްވާ ގްރޫޕަށެވެ.

އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުން، މިނިސްޓްރީގެ ނިންމުން ބާތިލުކޮށް އަލުން އިވެލުއޭޓްކޮށް، ހައްޖަށް މީހުން ގެންދާނެ ކުންފުނިތައް ކަނޑައެޅުމަށް އޭސީސީން އެންގި އެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ވެސް މިނިސްޓްރީން ހައްޖު ގުރޫޕްތައް ކަނޑައެޅީ އޭސީސީގެ ނިންމުމާ ޚިލާފަށް، ކަމަށް ބުނެ އެ ނިންމުން ބާތިލު ކުރުމަށް އޭސީސީން ދެ ވަނަ ފަހަރަށް ވެސް އެންގި އެވެ.

ދެ ވަނަ ފަހަރަށް ވެސް ހައްޖު ގުރޫޕްތައް ކަނޑައެޅީ ކުންފުނިތަކުގެ ހުށަހެޅުންތައް އިވެލުއޭޓް ނުކޮށް ކަމަށް ބުނެ އެކްރޯ އިން ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް މިނިސްޓްރީން ވަނީ ތިން ވަނަ ފަހަރަށް ހައްޖު ގުރޫޕްތައް ކަނޑައަޅައިފަ އެވެ. މި ފަހަރު ގުރޫޕްތައް ކަނޑައެޅީ ޕްރޮޕޯސަލްތައް އިވެލުއޭޓްކޮށްފައި ކަމަށް މިނިސްޓްރީން ބުނި ނަމަވެސް، ހުއްދަ ދީފައި ވަނީ ދެ ވަނަ ފަހަރަށް ވެސް ހުއްދަ ދިން ހަތަރު ކުންފުންޏަށެވެ.

މިހާރު ހުއްދަ ދީފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ އިތުރުން، އަލްހަރަމައިން ހައްޖު އެންޑް އުމްރާ ކޮމްޕެނީ އާއި ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕް އަދި ޒައީ ގްރޫޕަށެވެ.

ޕްރޮޕޯސަލްތައް އަލުން އިވޭލުއޭޓްކުރުމަށް އޭސީސީއިން އެންގީ، ހައްޖު ގުރޫޕްތަކަށް މާކްސް ދިނުމުގައި ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ބެލެވޭތީ އެވެ.

އަމިއްލަ ފަރާތަކުން އޭސީސީއަށް މައްސަލަ ހުށަހެޅީ ޕޮއިންޓް ދިނުމުގައި ކޮރަޕްޝަން އެކުލެވޭ ކަމަށް ތުހުމަތުކޮށްފަ އެވެ.

މިމައްސަލަ މިގޮތަށް ހުށަހަޅާފައިވާއިރު ހައްޖާއި އުމުރާއަށް މީހުން ގެންދާނެ ގުރޫޕްތައް ކަނޑައެޅުމުގައި ނުފޫޒު ފޯރުވާފައިވާނޭ ކަމަށް އަމިއްލައަށް އިއުތިރާފްވާ އިސްލާމިކް މިނިސްޓްރީގެ އޮފިޝަލެއް ކަމަށް ބެލެވޭ މީހެއްގެ އޯޑިއޯތަކެއް ވަނީ ލީކުވެފައެވެ. އެއޯޑިއޯގައި އެ އޮފިޝަލް ބޭނުންވާ ގޮތަށް ގުރޫޕްތައް ކަނޑައެޅުމުގައި ޢަމަލް ކުރާނެ ކަމަށާއި އޭނާއަށް އެކަމުން މާލީ ފައިދާއެއް ލިބިދާނޭ ފަދަ ގޮތަކަށް އެކަން ކުރަމުންދާ ކަމަށް ވެސް އެއޯޑިއޯގައި ދައްކަވާ ވާހަކަތަކުން ހާމަވެއެވެ.

ހައްޖަށް މީހުން ގެންދަން މި އަހަރު އިސްލާމިކް މިނިސްޓްރީން ހުއްދަ ދިނީ ހައްޖު ކޯޕަރޭޝަނުގެ އިތުރުން ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕް، ޒައީ ހައްޖު ގުރޫޕް، ދަރުމަ ލިލް ހައްޖި، އަލް ހަރަމައިން އަދި ކިސްވާ ގުރޫޕަށެވެ. ހައްޖަށް މީހުން ގެންދަން ރާއްޖެއަށް ލިބިފައިވާ 1000 ކޯޓާގެ ތެރެއިން 50 ޕަސެންޓް ދީފައިވަނީ ހައްޖު ކޯޕަރޭޝަނަށެވެ. އަދި އަނެއް ފަސް ކުންފުނީގެ ތެރެއިން ކޮންމެ ކުންފުންނަކަށް ދިނީ 100 ޖާގަ އެވެ.

 

- ކޮމެންޓް