Advertisement
ކ. މާލެ
|
17 އޮކްޓޯބަރ 2022 | ހޯމަ 07:19
ކޮމިޝަނަރ އޮފް ޕޮލިސް
ކޮމިޝަނަރ އޮފް ޕޮލިސް
މޯލްޑިވްސް ޕޮލިސް ސާރވިސް
ދިވެހި ފުލުހުންގެ ޚިދުމަތް
ޕޮލިސް ސްޓޭޝަނެއްގައި އަންހެނަކަށް އަނިޔާކުރި ވާހަކަ ދޮގުކޮށްފި
ބާރުގެ ބޭނުންކޮށްގެން އަންހެން މީހާ ބޭރު ކުރީ ސުލްހަވެރިކަމާއެކު ބޭރަށް ނުދިއުމުން
ދެ އަންހެން ފުލުހަކަށް ވަނީ އަނިޔާވެފައި
އަންހެން މީހާ ވަނީ ޕޮލިސް ސްޓޭޝަނަށް ވަދެ، އަޑުގަދަކޮށް ހަމަނުޖެހުން ހިނގާފައި

އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަނެއްގެ ތެރޭގައި ފުލުހުން އަންހެނަކަށް އަނިޔާކުރި ކަމަށް ބުނާ ވާހަކަތައް އެ މުއައްސަސާއިން ދޮގުކޮށްފިއެވެ.

ފުލުހުން މިކަން ދޮގުކޮށް ބަޔާނެއް ނެެރެފައިވަނީ ޕޮލިސް ސްޓޭޝަނަކުން ގަދަކަމުން އަންހެނަކު ބޭރަށް ނެރޭ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެ، ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވުމުންނެވެ. ނަމަވެސް އެއީ ކަންވިގޮތް ނޫންކަމަށް ބުނެ ފުލުހުން ވަނީ އާދީއްތަ ދުވަހުގެ ރޭ ބަޔާނެއް ނެރެފައެވެ.

ފުލުހުން ނެރުނު ބަޔާނުގައި ބުނީ އައްޑޫ ސިޓީގައި ވައްކަމާއި މަަސްތުވާތަކެތި އަދި ޖަމާއަތް ހަދައިގެން ކުށްކުރާ މީހުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން އޮކްޓޯބަރު 14 ވަނަ ދުވަހުގެ ރޭ ހުޅުމީދޫގައި ފުލުހުން ޕެޓްރޯލް ކުރަމުން ދިޔަކަމަށެވެ. އަދި މަގުމަތިން ފެނުނު 37 އަހަރުގެ ފިރިހެނެއްގެ ހަރަކާތްތައް ހުރިގޮތުން މަސްތުވެގެން ހުރި ކަމަށް ތުހުމަތު ކުރެވޭތީ އެމީހާ ހުއްޓުވައި ސުވާލުކޮށްފައިވާ ކަމަށެވެ. އޭނާއާ ސުވާލު ކުރަމުންދިޔައިރު 35 އަހަރުގެ އަންހެނަކު ފުލުހުންނަށް މައުލޫމާތު ދޭން ނުޖެހޭ ކަމަަށް ބުނެ އެ ފިރިހެން މީހާ އާއި ފުލުހުންގެ ދެމެދަށް ވަދެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅޭ ގޮތަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

Advertisement

މީގެ އިތުރުން އެ ފިރިހެން މީހާ ޕޮލިސް ސްޓޭޝަނަށް ގެންދިއުމުން، އަންހެން މީހާ އިތުރު އަންހެނަކާއެކު ފޮލިސް ސްޓޭޝަނަށް ވަދެ އެ ފިރިހެން މީހާ ދޫކޮށްލުމަށް ގޮވާލައި އަޑުގަދަކޮށް، ޕޮލިސް ސްޓޭޝަން ތެރޭގައި މަސްލަހަތު ނަގާލައި ހަމަނުޖެހުން ހިންގާފައިވާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ހަމަނުހެޖުން ހިންގުމުން، ސުލްހަވެރިކަމާ އެކު ޕޮލިސް ސްޓޭޝަނުން ބޭރަށް ނުކުތުމަށް ފުލުހުން އެ ދެ އަންހެނުންނަށް އެންގުމުން އެކަމަށް އިންކާރު ކުރިކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ބާރުގެ ބޭނުން ކޮށްގެން އެ ދެ އަންހެނުން ޕޮލިސް ސްޓޭޝަނުން ނެރުނު ކަމަށެވެ. އެ ދެމީހުން ނެރެން މަސައްކަތް ކުރި އަންހެން ފުލުހުންގެ ގަޔަށް އަތްލައި ހަމަނުޖެހުން ހިންގުމުން އެ ދެ އަންހެން ފުލުހުންނަށް އެކިވަރުގެ އަނިޔާ ލިބުނުކަމަށް ވެސް ވަނީ ބުނެފައެވެ.

މިއީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގާފައިވާ މައްސަލައަކަށްވާތީ އެ މައްސަލަ ފުލުހުން އަންނަނީ ބަލަމުންނެވެ. އަދި އެކަމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ މައުލޫމާތު ހޯދައި، ކަން ހިނގައި ދިޔަ ގޮތްވެސް އަންނަނީ ބަލަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް