Advertisement
ކ. މާލެ
|
22 ޖޫން 2017 | ބުރާސްފަތި 09:37
ސައިކަލްގައި ރޯކޮށްލީ ގާޒީ ފަތިސްނަމާދަށް ހުންނަވަނިކޮށް
ސައިކަލްގައި ރޯކޮށްލީ ގާޒީ ފަތިސްނަމާދަށް ހުންނަވަނިކޮށް
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ
ކަނޑުހުޅުދޫ ގާޒީގެ ސައިކަލުގައި ރޯކޮށްލައިފި
މިހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ފަތިހު
ހާދިސާގައި ދެ ސައިކަލަކަށް ވަނީ ގެއްލުން ލިބިފަ
ގާޒީގެ ސައިކަލް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި

ކަނޑުހުޅުދޫ ގާޒީ ފަތިސްނަމާދަށް ހުންނަވަނިކޮށް ސައިކަލުގައި ރޯކޮށްލައިފި އެވެ.

ފުލުހުން ބުނީ،ގާޒީ ފަތިސްނަމާދަށް ހުންނަވަނިކޮށް ސައިކަލުގައި ރޯކޮށްލާފައިވާ އިރު، ސައިކަލް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ އިރު، މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާއާ ގުޅޭ ގޮތުން، އެރަށުގެ ރައްޔިތަކު ބުނީ، އެރަށު މެޖިސްޓްރޭޓް ކޯޓުގެ އިސް ގާޒީ ހަސަން ދީދީ، ފަތިސް ނަމާދަށް ހުންނަވަނިކޮށް ސައިކަލްގައި ރޯކޮށްލާފައިވާ އިރު، އެރަށުގެ ސްކޫލުގެ ލީޑިން ޓީޗަރެއްގެ ސައިކަލްގައި ވެސް ރޯވެފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭނާގެ ސައިކަލަށް މާބޮޑުވަރު ނުވާ ކަމަށް ރަށުން ވާހަކަދެއްކި މީހަކު ރާއްޖެއެމްވީއަށް މައުލޫމާތުދީފައި ވެއެވެ.

އޭނާ ބުނީ، ބެލެވޭ ގޮތުގައި ސައިކަލްގައި ރޯކޮށްލާފައިވަނީ، ފަތިސްނަމާދުގެ ދެވަނަ ރަކުއަތުގައި ކަމަށާއި، އެތަނުން ރޯކޮށްލުމަށްޓަކާއި ބޭނުންކުރި، ސާފު ތެޔޮފުޅި ވެސް އެއްލާލާފައި އޮއްވާ ފެނިފައިވާ ކަމަށެވެ.

މިކަމަކީ ރަށުގެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ސިޔާސީ ހިތްހަމަނުޖެހުންތަކެއްގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބެލެވޭ ކަމަށް ގއ. ކަނޑުހުޅުދޫއިން ވާހަކަދެއްކި ފަރާތުން މައުލޫމާތުދީފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް