Advertisement
ކ. މާލެ
|
15 އޮކްޓޯބަރ 2022 | ހޮނިހިރު 12:15
އަޒްހާންގެ ހަށިގަނޑު ފެނުނު ސަރަހައްދު
އަޒްހާންގެ ހަށިގަނޑު ފެނުނު ސަރަހައްދު
ރާއްޖެއެމްވީ
އަޒްހާންގެ މަރުގެ މައްސަލަ
އަޒްހާންގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިފައެއްނެތް، ކަށިތަކުގައި އިންޖަރީއެއް ނެތްކަމަށް ރިޕޯޓުން ދައްކާ: ފުލުހުން
ދާއިމީ ރިޕޯޓްގެ ނަތީޖާ ލިބެން އަދި ދެ މަސް ދުވަސް ނަގާނެ

ހުޅުމާލެއިން ގެއްލިގެން ހޯދަމުން ދަނިކޮށް, މަރުވެފައި އޮއްވާ ފެނުނު މުހައްމަދު އަޒްހާންގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.

ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ, ހުޅުމާލޭ ސްކޭޓް ޕާކް ހުންނަ ސަރަހައްދުން އަޒްހާންގެ ހަށިގަނޑު ފެނުނުއިރު، ކަށިތައް ފެންނަން އޮތް ކަމަށެވެ. އަދި ހަށިގަނޑު އެ ސަރަހައްދުގައި އޮވެ ގިނަދުވަސްވެފައިވާކަމަށް ބެލެވޭކަމަށެވެ.

ޕޯސްޓްމޯޓަމް ރިޕޯޓްގެ ވަގުތީ ނަތީޖާ ލިބިފައިވާއިރު، ދާއިމީ ނަތީޖާ ލިބެން އަދި ދެ މަސް ދުވަސް ނަގާނެކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން، ފައިސާގެ މައްސަލައެއް ޖެހިގެން އުޅޭކަން ފާހަގަކުރެވިފައިނުވާ ކަމަށާއި، އެއްވެސް މީހެއްގެ މައްޗަށް ތުހުމަތުކުރެވިފައި ނުވާކަމަށްވެސް ފުލުހުން ބުނެއެވެ.

Advertisement

ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަހުގެރޭ މެންދަމު 12:00 ހާއިރުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ އަޒްހާންގެ ހަށިގަނޑު ފެނުނީ މިމަހުގެ 2 ވަނަ ދުވަހުއެވެ.

މުހައްމަދު އަޒްހާންގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސް، ހުކުރު ދުވަހު ވަނީ ޖަނާޒާ ބާއްވާފައެވެ.

ފުލުހުން އިތުރަށް ބުނީ އަޒްހާންގެ ފޮޓޯތަކެއް ކަމަށް ބުނެ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ލިންކެއް ހިއްސާ ކުރަމުންދާ ކަމަށާއި، އެކަމަކު އެއީ "ސްކޭމް"އެއްގެ ތެރެއިން ބަޔަކު ކުރަމުންދާ ކަމެއްކަމަށެވެ. އަދި އެފަދަ ލިންކްތަކަށް ނުވަނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް