ކ. މާލެ
|
14 އޮކްޓޯބަރ 2022 | ހުކުރު 19:25
އެމްއޭސީއެލްއިން އެއަރޓްރެފިކް ކޮންޓްރޯލަރުންގެ ގޮތުގައި އަލަށް ތަމްރީން ކުރި ފަރާތްތައް
އެމްއޭސީއެލްއިން އެއަރޓްރެފިކް ކޮންޓްރޯލަރުންގެ ގޮތުގައި އަލަށް ތަމްރީން ކުރި ފަރާތްތައް
އެމްއޭސީއެލް
އެއަރޓްރެފިކް ކޮންޓްރޯލަރުން ތަމްރީން ކުރުން
އެއަރ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީންކޮށްފި
9 މީހަކު މި ޕްރޮގްރާމް ފުރިހަމަ ކުރި

އެއަރ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީންކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، (އެމްއޭސީއެލް) އިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންއިތުރު މީހުން ތަމްރީންކޮށްފިއެވެ.

ބުރާސްފަތި ދުވަހު އެއަރ ޓްރެފިކް ކޮންޓްރޯލަރުންގެ ބޭސިކް ޕްރޮގްރާމް ނިންމާފައިވަނީ އެ ޕްރޮގްރާމުގެ ތިންވަނަ ބެޗުގެ ބައިވެރިންނެވެ. އެގޮތުން 9 މީހަކު ވަނީ އެ ދާއިރާއިން ތަމްރީން ކޮށްފައެވެ.

މި ތަމްރީން ޕްރޮގްރާމުގެ ބައިވެރިން ވަނީ 8 ހަފްތާގެ ތަމްރީން ފުރިހަމަކޮށްފައެވެ. އެމްއޭސީއެލުން މި ކޯސް ކުރިއަށްގެންގޮސްފައިވަނީ 21 އޮގަސްޓުން ފެށިގެން 13 އޮކްޓޫބަރުގެ ނިޔަލަށެވެ. ކޯހުގައި ބައިވެރިވެފައިވާ ހުރިހާ ފަރާތްތަކަކީ ވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޮޕޯޓުގެ އެއަރ ޓްރެފިކް ސެންޓަރ، އޭޓީސީއާއި މުޅިން އަލަށް ގުޅުނު ފަރާތްތައްް ކަމަށް އެމްއޭސީއެލް އިން މައުލޫމާތު ދެއެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި ޕްރޮގްރާމަކީ އެއަރ ޓްރެފިކް ސަރވިސަސްގެ އާ ރެކްރޫޓުންނަށް ބޭނުންވާ ތިއޮރެޓިކަލް މައުލޫމާތު ފޯރުކޮށްދީ، އޭޓީސީ ރޭޓިންއަށް ތައްޔާރުކުރުމުގެ މަގުސަދުގައި ހިންގާ ޕްރޮގްރާމެކެވެ.

އެމްއޭސީއެލުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދީފައިވަނީ އޭޓީސީގެ ތަމްރީން ލިބިފައިވާ ޓްރެއިނަރުންނެވެ. މުޅި ކޯސް ފަރުމާކޮށްފައިވަނީ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، އައިކާއޯގެ މިންގަނޑުތަކާ އެއްގޮތަށްކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

މި ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތައް މޯލްޑިވްސް އެއަރ ޓްރެފިކް ކޮންޓްރޯލް ސެންޓަރާއި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެއަރ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ އިތުރުން އެހެނިހެން ރީޖަނަލް އެއަރޕޯޓްތަކުގައި މަސައްކަތްކުރާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް