ކ. މާލެ
|
14 އޮކްޓޯބަރ 2022 | ހުކުރު 18:25
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
ޤައުމީ ޔުނިވަރސިޓީ
އެމްއެންޔޫ މެރިޓައިމް ސަވައިވަލް ސެންޓަރުގެ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކޮށްފި
މި މަސައްކަތް ހަވާލު ކުރީ އެމްޓީސީސީއާ

ދިވެހިރާއްޖެ ޤައުމީ ޔުނިވަރސިޓީގެ މެރިޓައިމް ސަވައިވަލް ސެންޓަރުގެ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ސައިޓު މޮބިލައިޒް ކޮށްފިއެވެ.

މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި އެ ކުންފުނިން މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށުމަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކުރީ ބުރާސްފަތި ދުވަހުއެވެ. އަދި ވަރަށް އަވަހަށް އަމަލީ މަސައްކަތް ފަށާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން 1200 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލި އެޅުމުގެ މަސައްކަތް ކުރާނެއެވެ. އަދި 62.25 މީީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ރޭމްޕެއް ހެދުމުގެ މަސައްކަތާއި މޫރިންގ ބޮލާޑް ހަރުކުރުމުގެ މަސައްކަތްވެސް މި ޕްރޮޖެކްޓުގެ ތެރޭގައި ހިމެނެއެވެ.

މި މަސައްކަތް ޤައުމީ ޔުނިވަރސިޓީ އިން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 4.59 މިލިއަން ރުފިޔާއަށެވެ.

ރާއްޖޭގެ އެކި ރަށްތަކުގައި ތަރައްގީގެ ވަރަށް ގިނަ މަޝްރޫއުތައް މިހާރުވެސް އެމްޓީސީސީން ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި ބަނދަރު ހެދުމުގެ މަސައްކަތާއި އެއަރޮޕޯޓު ހެދުމާއި ބިން ހިއްކުމާއި، ގޮނޑުދޮށް ހިމާޔަތް ކުރުމާއި މަގު ހެދުމުގެ މަސައްކަތްތައް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް