ކ. މާލެ
|
12 އޮކްޓޯބަރ 2022 | ބުދަ 21:20
ގައުމީ ޔުނިވަރސިޓީގެ އެހީގައި ލިޔުނު ފޮތްތައް ނެރެދެއްވަނީ
ގައުމީ ޔުނިވަރސިޓީގެ އެހީގައި ލިޔުނު ފޮތްތައް ނެރެދެއްވަނީ
ރައްޔިތުންގެ މަޖިލިސް
އެމްއެންޔޫ
އެމްއެންޔޫގެ އެހީގައި ލިޔުނު ފޮތްތައް ނެރެފި
މިއީ ކުޑަކުދިންނަށް ޚާއްސަކޮށްގެން ލިޔެފައިވާ ފޮތްތަކެއް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން، ފޮތްތެރިކަން އިތުރުކުރުމަށް ތައާރަފުކުރި ގްރާންޓުގެ ދަށުން ލިޔުނު ދެ ފޮތް ނެރެފިއެވެ.

ގައުމީ ޔުނިވަރސިޓީގައި އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި މި ފޮތްތައް ނެރެދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއެވެ. މި ދެ ފޮތަކީ ވެސް ކުޑަކުދިންނަށް ޚާއްސަކޮށްގެން ތައްޔާރުކޮށްފައިވާ ދެ ފޮތެވެ.

މި ދެ ފޮތަކީ ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަމަށް ބާރު އަޅައި، ކުޑަކުދިންނާ ގުޅުންހުރި ގޮތަކަށް ހަދާފައިވާ ދެފޮތެވެ. އެއީ "ވެލާ ފިނޮޅު" އާއި "ދަރުމަވެރި ރުއް" މި ދެފޮތެވެ. މި ދެ ފޮތަކީވެސް ޔުނިވަރސިޓީގެ ލެކްޗަރަރ ލީލާ އަހުމަދު ލިޔުއްވާފައިވާ ދެ ފޮތެވެ.

ޔުނިވަރސިޓީގެ ބުކް ރައިޓިންގ ގްރާންޓަކީ ފޮތްތެރިކަން އިތުރު ކުރުމަށް ފެށި މަސައްކަތްތަކުގެ ތެރެއިން ދޫކުރަން ކަނޑައެޅި ގްރާންޓެކެވެ. އެ ގްރާންޓުގެ މަގުސަދަކީ، ފޮތް ލިޔެ ޗާޕުނުކުރެވި ތިބި ލިޔުންތެރިންނަށް އެ ފުރުސަތު ދިނުމެވެ. އެ ޔުނިވަރސިޓީން ބުނީ އެ ގްރާންޓަށް މި ދިޔަ އަަހަރު 30 ޕްރޮޕޯސަލް ލިބުނުކަމަށެވެ. އަދި އެ ޕްރޮޕޯސަލްތައް މުރާޖައާކުރުމަށްފަހު 14 ހުށަޙެޅުމަކަށްމިލިއަނަކާ ގާތްކުރާވަރުގެ ގްރާންޓު ދީފައިވާކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.

މި ދެ ފޮތް ނެރެދެއްވުމަށްފަހު ނަޝީދު ވަނީ، ކިޔުންތެރިކަމަކީ މިހާރު ނެތެމުންދާ އާދައެއްކަން ފާހަގަކުރައްވައި، އެ އާދަ ކުޑަކުދިންގެ ކިބައިގައި އަށަގެންނުވޭނީ ބޮޑެތި މީހުންވެސް އެ އާދަ ދިރުވައިގެންކަމަށް ވިދާޅުވެފައެވެ. އަދި ގައުމީ ޔުނިވަރސިޓީން ފޮތްތެރިކަން ފުޅާކުރުމަށް ފަށާފައިވާ މަސައްކަތްތަކުގެ ސަބަބުން، ލިޔުންތެރިކަމާއި ފޮތްތެރިކަން ފުޅާވެ، ކުރީގައި ނެތް ގިނަ ފުރުސަތުތަކެއް ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފޮތްތެރިކަން ތަރައްގީކޮށް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގައުމީ ޔުނިވަރސިޓީން އަންގާރަ ދުވަހު ވަނީ ފޮތް މައުރަޒެއްވެސް ފަށާފައެވެ. މި މައުރަޒުގައި 22 ފަރާތަކުން ބައިވެރިވެ، 1،400ށްވުރެ ގިނަ ފޮތް ހުށަހަޅާފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް