ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 23:42
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު
ރައީސް އޮފީސް
އދ. ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެ
ހިއުމަން ރައިޓްސް ކައުންސިލުގެ ގޮނޑި ރާއްޖެއަށް ލިބުމަކީ ބޮޑު ކާމިޔާބީއެއް: ރައީސް
ރާއްޖެއަށް މި ލިބުނު ކާމިޔާބީއާމެދު ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި
"ޚާރިޖީ ޓީމް"އިން ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށް ވިދާޅުވިިިިި
ހަމަހަމަކަމާއި، އިންސާނީ ޙައްޤުތަކަކީ ޑިމޮކްރަސީގެ އެންމެ މައިގަނޑު އެއް އަސާސް

ހިއުމަން ރައިޓްސް ކައުންސިލުގެ ގޮނޑި ރާއްޖެއަށް ލިބުމަކީ ބޮޑު ކާމިޔާބީއެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގެ މެމްބަރުކަމަށް ތިންވަނަ ދައުރަކަށް ރާއްޖެ އިންތިޚާބުވުމާއި ގުޅިގެން ރައީސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަމަހަމަކަމާއި، އިންސާނީ ޙައްޤުތަކަކީ ޑިމޮކްރަސީގެ އެންމެ މައިގަނޑު އެއް އަސާސް ކަމަށެވެ. އަދި ރާއްޖެއަށް މި ލިބުނު ކާމިޔާބީއާމެދު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ. މި ގޮނޑި ކާމިޔާބުކުރުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދާއި އެމަނިކުފާނުގެ "ޚާރިޖީ ޓީމް"އިން ކުރެއްވި މަސައްކަތްޕުޅު ފާހަގަކުރައްވާ ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި އިންތިޚާބު ރާއްޖެއިން ކާމިޔާބުކުރީ އަންގާރަ ދުވަހު ނިއުޔޯކުގައި ކުރިއަށްގެންދިޔަ އދ. ގެ އާއްމު މަޖިލީހުގައި ނެގި ވޯޓުންނެވެ. މި އިންތިޚާބުގައި ޖުމުލަ ހަ ގައުމަކުން ކުރިމަތިލައިފައިވާއިރު، ހޮވާފައިވަނީ ހަތަރު ގައުމެކެވެ.

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލުގެ މެމްބަރުކަމަށް ރާއްޖެއާއެކު އިންތިޚާބުވީ ކިރްގިސްތާން، ވިއެޓްނާމް އަދި ބަންގްލަދޭޝްއެވެ. އދ.ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިތައް ސަރަހައްދީގޮތުން ބަހާފައިވާއިރު، މި އިންތިޚާބުގައި 14 ގޮނޑިއަކަށް މުޅިއެކު 17 ޤައުމަކުން ވަނީ ކުރިމަތިލާފައެވެ. ދިވެހިރާއްޖެއިން ކަށަވަރުކޮށްފައިވަނީ އޭޝިއާ ޕެސިފިކް ސަރަޙައްދަށް ނިސްބަތްވާ ޤައުމުތައް ހިމެނޭ ގްރޫޕަށް ކަނޑައަޅާފައިވާ 4 ގޮނޑީގެ ތެރެއިން އެއް ގޮނޑިއަށެވެ.

މި ގްރޫޕަށް ޖުމްލަ ކަނޑައަޅާފައިވަނީ 13 ގޮނޑިއެކެވެ.ހުސްވެފައިވާ 4 ގޮނޑިއަށް ރާއްޖޭގެ އިތުރުން ކިރިގިސްތާން ރިޕަބްލިކް، އަފްޣާނިސްތާން، ބަންގްލަދޭޝް، ބަހްރެއިން، ވިއެޓްނާމް އަދި ދެކުނު ކޮރެއާ ވާދަކުރިއެވެ. ދެކުނު ކޮރެއާއަކީ މިހާރު ވެސް އެ ކައުންސިލްގައި އިންނަ ޤައުމެކެވެ. މީގެތެރެއިން ބަހުރެއިނުން ވަނީ ރާއްޖެއަށް ފުރުޞަތު ދިނުމަށްޓަކާ އިންތިޚާބުގައި ވާދަނުކޮށް ދޫކޮށްލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް