ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 20:36
ބަހަކަށް މީހުން އަރަނީ
ބަހަކަށް މީހުން އަރަނީ
އެމްޕީއެލް
އާރްޓީއެލްގެ ޚިދުމަތް
ދެވަނަ ފިޔަވަހީގައި އިތުރު ދެ ބަސްހުއްޓި ހަދައިފި
އާ ބަސްހުއްޓިތައް ހުންނާނީ މަސްޖިދު އަމީލް ޖަލީލްއާއި ސްޓެލްކޯ ފްލެޓްތައް ކައިރީގައި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ދެ ބަސްހުއްޓި ބަހައްޓައި، ބުދަ ދުވަހުން ފެށިގެން ޚިދުމަތް ދޭން ފަށާނެކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ން ބުނެފިއެވެ.

އެ ކުންފުނިން ބުނީ، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ދަށުން އަލަށް ހުޅުވާ މި ދެ ބަސްހުއްޓި ހުންނާނީ، ދެވަނަ ފިޔަވަހީގެ ނިިރޮޅުމަގުގައި ހުންނަ މަސްޖިދު އަމީލް ޖަމީލްއާއި، ހިތިގަސް މަގުގައި ހުންނަ ސްޓެލްކޯ ފްލެޓްތައް ކައިރީގައިކަމަށެވެ.

މި ދެ ބަސްހުއްޓިން ބުދަ ދުވަހުން ފެށިގެން ހަތަރު ރޫޓަކަށް ދަތުރު ކުރާނެއެވެ. އެއީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާއި މާލޭ ވެސްޓްޕާކާއި ކާނިވާ ސަރަހައްދާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

އެމްޓީސީސީން މިހާތަނަށް އާރްޓީއެލްގެ ދަށުން ދެވަނަ ފިޔަވަހީގައި ބަހުގެ ޚިދުމަތް ދެމުން އައީ ދެ ބަސްހުއްޓިންނެވެ. އެއީ ހިޔާ ފްލެޓްތައް ކައިރީގައި ހަދާފައިވާ ދެ ބަސްހުއްޓިއެވެ. އާ ބަސްހުއްޓިތަކާއެކު, ދެވަނަ ފިޔަވަހިން ބަހުގެ ޚިދުމަތް ލިބޭ ބަސްހުއްޓީގެ އަދަދު ހަތަރަކަށް އިތުރުވާނެއެވެ.

ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފެށުމާއެކު އެމްޓީސީސީން ވަނީ، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭގޮތް ހެދުމަށްޓަކައި ބަހުގެ ޚިދުމަތް ފަށާފައެވެ. އަދި ދެވަނަ ފިޔަވަހީގެ ދަތުރުތަކަށް ޚާއްސަކޮށްގެން އާރްޓީއެލްގެ ބަހުގެ އަދަދުވެސް އެމްޓީސީސީން ވަނީ އިތުރުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް