Advertisement
ކ. މާލެ
|
10 އޮކްޓޯބަރ 2022 | ހޯމަ 21:56
ކޮވިޑް-19ށް ޓެސްޓްކުރަނީ
ކޮވިޑް-19ށް ޓެސްޓްކުރަނީ
ރާއްޖެއެމްވީ
ކޮވިޑް-19، ރާއްޖޭގެ ހާލަތު
ފާއިތުވި ހަފުތާގައި ކޮވިޑް-19ށް ޕޮޒިޓިވްވީ 43 މީހުން
މާލެ ސަރަހައްދުން 17 މީހުން ޕޮޒިޓިވްވެފައިވޭ
308 މީހުން ވަނީ މިބަލީގައި ނިޔާވެފައި

ފާއިތުވި ހަފުތާގައި ކޮވިޑް-19ށް ޕޮޒިޓިވްވީ 43 މީހުންކަމަށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ހާމަކޮށްފިއެވެ.

އޮކްޓޯބަރ 2ން އޮކްޓޯބަރ 8 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު އެޗްޕީއޭއިން އާންމުކޮށްފައިވާއިރު، މިމުއްދަތުގައި މާލެ ސަރަހައްދުން 17 މީހުން ޕޮޒިޓިވްވެފައިވެއެވެ. އަތޮޅުތަކުން އެކަކު ޕޮޒިޓިވްވެފައިވާއިރު އެހެނިހެން ހިސާބުތަކުން 25 މީހުން ޕޮޒިޓިވްވެފައިވެއެވެ. މިމުއްދަތުގައި ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދާފައިވަނީ 6 މީހުންނެވެ.

Advertisement

އޭގެކުރީ ހަފުތާގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 40 މީހުންނެވެ.

މިއާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ވަނީ 185،125ށް އަރާފައެވެ. އަދި 308 މީހުން ވަނީ މިބަލީގައި ނިޔާވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް