ކ. މާލެ
|
10 އޮކްޓޯބަރ 2022 | ހޯމަ 20:29
ދެވަނަ ފިޔަވަހީގެ ސްކޫލް އެއްބަސްވުމުގައި ސޮއިކުރުން
ދެވަނަ ފިޔަވަހީގެ ސްކޫލް އެއްބަސްވުމުގައި ސޮއިކުރުން
މިނިސްޓްރީ އޮފް އެޑިއުކޭޝަން
ހުޅުމާލޭގައި ސްކޫލް އެޅުން
ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އިމާރާތްކުރަން ހަވާލުކޮށްފި
މި މަސައްކަތް ހަވާލުކޮށްފައިވަނީ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޖޭވީ ވިތު އެޑްވާޑް އެންޑް ކްރިސްޓީ ނަމަކަށް ކިޔާ ކުންފުންޏަކާ
މި މަސައްކަތް ހަވާލުކުރީ 241.59 މިލިއަން ރުފިޔާއަށް

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިތުރު ސްކޫލެއް އިމާރާތްކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި ސްކޫލް އިމާރާތްކުރަން ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ހަވާލުކުރީ, އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ޖޭވީ ވިތު އެޑްވާޑް އެންޑް ކްރިސްޓީ ނަމަކަށް ކިޔާ ކުންފުންޏަކާއެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއާއި އެ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު ހައިޝަމެވެ.

މި މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 241.59 މިލިއަން ރުފިޔާއަށެވެ. މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ ފަސްވަނަ ސްކޫލެވެ.

މި ސްކޫލުގައި، ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10އާ ހަމައަށް ކިޔވައިދިނުމަށް ވަނީ ނިންމާފައެވެ. މި ސްކޫލުގައި 54 ކްލާސްރޫމާއި މަލްޓިޕަރޕަސް ހޯލަކާއި ހަތަރު ލިފްޓް ހުންނާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.

އާ ސްކޫލް އިމާރާތްކުރަން ހަވާލުކުރީ 18 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިނިސްޓަރު ވިދާޅުވީ އެ ތަނުގައި އޮގަސްޓް، 2024ގައި ކިޔަވައިދޭން ފެށޭނެކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް