Advertisement
ކ. މާލެ
|
9 އޮކްޓޯބަރ 2022 | އާދީއްތަ 07:26
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ
ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ
ރާއްޖެއެމްވީ
ޤައުމީ ޔުނިވާސިޓީގެ ފޮތް މައުރަޒު
ތަރުހީބު ބޮޑުވެ ޤައުމީ ޔުނިވާސިޓީގެ ފޮތް މައުރަޒުގެ ވަގުތު އިތުރުކޮށްފި
ފޮތް މައުރަޒު ކުރިއަށްދާނީ މި މަހުގެ 11 އިން 13 އަށް
މި ފޮތް މައުރަޒުގައި 21 އެގްޒަބިޓަރުން ބައިވެރިވޭ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީން ބާއްވަން ނިންމާފައިވާ ފޮތް މައުރަޒަށް އޮތް ތަރުހީބު ބޮޑުވެ އެ މައުރަޒު ބާއްވާ ވަގުތު އިތުރުކޮށްފިއެވެ.

މި ފޮތް މައުރަޒު ބާއްވަން ތާވަލު ކޮށްފައިވަނީ މި މަހުގެ 11 އިން 13 އަށް ޤައުމީ ޔުނިވާސިޓީގެ މައި މަރުކަޒުގައެވެ. މި މައުރަޒު ކުރިން ބާއްވަން ތާވަލު ކުރީ މި ދުވަސްތަކުގެ މެންދުރު 2:00 އިން ރޭގަނޑު 10:00 އާ ހަމައަށެވެ. ނަމަވެސް ތަރުހީބު ބޮޑުވެ މިހާރު ވަނީ ވަގުތު ހެނދުނު 10:00 އިން ރޭގަނޑު 10:00 އަށް އިތުރުކޮށްފައެވެ.

ޤައުމީ ޔުނިވާސިޓީން ކުރިއަށްގެންދާ މި ފޮތް މައުރަޒަކީ ފޮތް އުފައްދާ މީހުންނާއި ވިއްކާ މީހުންނާއި ފޮތް ގަންނަ މީހުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. އެގޮތުން، ތަފާތު ބަސްތަކުން ދިވެހި ލިޔުންތެރިން ލިޔެފައިވާ ފޮތްތައް މި މައުރަޒުގެ ޒަރީއާއިން އާއްމުންނަށް ލިބޭނެއެވެ.

Advertisement

މި އަހަރުގެ ފޮތް މައުރަޒު ބާއްވަން ޤައުމީ ޔުނިވާސިޓީއިން ނިންމާފައިވަނީ މިދިޔަ އަހަރު ބޭއްވި މައުރަޒަށް ލިބުނު ތަރުހީބާ ގުޅިގެންނެވެ.

މި މައުރަޒުގެ ސަބަބުން ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާއްމުންނަށް ދައްކާލުމުގެ ފުރުސަތު ފަހިކޮށްދޭއިރު، މިހާތަނަށް ޝާއިއު ނުކޮށް ހުރި ފޮތްތައް ވެސް އާއްމުންނަށް ހަމައަށް ގެނެސްދެވޭނެ މާހައުލެއް އުފެދިގެންދާ ކަމަށާއި ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފައްދާ ދެމެހެއްޓުމުގެ ޝައުގު އުފެއްދުމަކީ ވެސް މި މައުރަޒުގެ ބޭނުމެއް ކަމަށް ޤައުމީ ޔުނިވާސިޓީން މައުލޫމާތު ދެއެވެ.

މި ފޮތް މައުރަޒުގައި 21 އެގްޒަބިޓަރުން ބައިވެރިވާނެ ކަމަށް ޤައުމީ ޔުނިވާސިޓީން މައުލޫމާތު ދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް