ކ. މާލެ
|
7 އޮކްޓޯބަރ 2022 | ހުކުރު 07:20
ކ ހިންމަފުށީ ބަނދަރު
ކ ހިންމަފުށީ ބަނދަރު
އެމްޓީސީސީ
ހިންމަފުށީ ބަނދަރުގެ މަސައްކަތް ނިންމާލުން
ދެގުނަ ބޮޑު ޒަމާނީ ބަނދަރަކާއެކު ހިންމަފުށީ ރައްޔިތުންނަށް ހިތްހަމަޖެހުން
މި މަޝްރޫޢުގެ އަގަކީ 30.5 މިލިއަން ރުފިޔާ

ކ. ހިންމަފުށި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ.

މިމަސައްކަތް ނިންމާލާފައިވަނީ 30 ސެޕްޓެމްބަރުގައެވެ. މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ފަރާތުން މޯލްޑިވްސް ޓަރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަގަކީ 30.5 މިލިއަން ރުފިޔާއެވެ.

މި މަޝްރޫޢުގެ ދަށުން، 19،895 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 9900 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 251 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 15 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 311 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓު ޖެހުމާއި، މިހާރު ހުރި ބަނދަރުގައި 1200 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓު ޕޭވްމަންޓު ހެދުމާއި، އައު ބަނދަރުގައި 1443 އަކަ މީޓަރުގެ ސަރަޙައްދެއްގައި ކޮންކްރީޓު ޕޭވްމަންޓު ހެދުމާއި، 25 މީޓަރު ދިގު 6 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 63 މީޓަރު ދިގު 4 މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ އިތުރުން މޫރިންގ ބްލޮކްސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

Advertisement

1130 މީހުންގެ އާބާދީގެ ކ. ހިންމަފުށްޓަކީ ލޯކަލް ޓުއަރިޒަމް ބާރު ސްޕީޑެއްގައި ކުރިއަރަމުން އަންނަ ރަށަކެވެ. ހިންމަފުށްޓަކީ މިހާރު ފަތުރުވެރިންގެ މެދުގައި ރާޅާއެޅުމަށް ހާއްސަ މަންޒިލެކެވެ. އެހެންކަމުން ގެސްޓްހައުސް ވިޔަފާރިއާއެކު އެ ރަށުގައި ޑައިވިންގ ދޯނިފަހަރު، ލޯންޗު އަދި ޑިންގީތައް ވަނީ ބޮޑުތަނުން އިތުރުވާން ފަށާފައެވެ. އަދި ލޯކަލް ޓުއަރިޒަމާއެކު ފަރުމަހުގެ މަސްވެރިކަން ފުޅާވެ "ބިގް ގޭމް ފިޝިންގ" އަދި އެކްސްކާރޝަންސް އަށް އޮތް ތަރުހީބު އިންތިހާއަށް ބޮޑުވުމާއެކު އެ ރަށުގައި ކުރީގައި އޮތް ކުޑަ ބަނދަރުގެ ބަދަލުގައި، ދެގުނަ ބޮޑު ޒަމާނީ ރީތި ބަނދަރެއް މިއަދު ލިބިގެން ދިޔުމަކީ ރައްޔިތުންނަށް އެތައް ލުއިފަސޭހައަކާއި، ވަރަށް ބޮޑު އުފަލެއް ލިބޭނެ ކަމެކެވެ.

އަދި ބާރުބޮޑުވެފައިވާ ރަށުގެ ބަނދަރަށް ޖާގައިގެ ތަނަވަސްކަން ލިބި، އިތުރުވަމުންދާ އުޅަނދުފަހަރަށް ފަސޭހައިން ގާތްކޮށް ލަފާފުރުމުގައި ގިނަ ފަސޭހަތަކެއް މިހާރު ހިންމަފުށީ ރައްޔިތުންނަށް ލިބިގެންދާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް