ކ. މާލެ
|
7 އޮކްޓޯބަރ 2022 | ހުކުރު 07:15
ޑޮލަރު ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި އިހުސާން އަބްދުއްސަމަދު
ޑޮލަރު ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި އިހުސާން އަބްދުއްސަމަދު
ޕޮލިސް މީޑިޔާ
އޮޅުވާލައިގެން ފައިސާ ހޯދި މީހެއް
ޑޮލަރު ވިއްކާނެކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މީހަކު ހޯދަނީ
މިމައްސަލަ ތަހުގީގު ކުރަނީ ހދ. ކުޅުދުއްފުށި ސިޓީ ޕޮލިސް އިން
އިހްސާން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވޭ
ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އިހްސާން އަށް އަންގާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު

ޑޮލަރު ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން އޮޅުވާލައިގެން ފައިސާ ހޯދާފައިވާ ކަމުގެ ތުހުމަތުގައި ތަހުގީގަށް ހާޒިރުކުރަން ބޭނުންވާ މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

މައްސަލައިގެ ތުހުމަތުގައި ހޯދަން އިއުލާންކޮށްފައިވަނީ ކ. ގުރައިދޫ، ވިނަރެސް، އުމުރުން 29 އަހަރުގެ އިހުސާން އަބްދުއްސަމަދު އެވެ. މިމައްސަލަ ތަހުގީގު ކުރަނީ ހދ. ކުޅުދުއްފުށި ސިޓީ ޕޮލިސް އިންނެވެ. އިހްސާން އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށާއި އަދި އޭނާ އުޅޭ ވަކިތަނެއް އެނގިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުންގެ ތަހުގީގަށް ހާޒިރުވާން އިހްސާން އަށް އަންގާފައިވަނީ މިމަހުގެ 16 ވަނަ ދުވަހުގެ ހެނދުނު 10:00 ޖަހާއިރު އެވެ. ހާޒިރުވާން އަންގާފައިވަނީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ހުސައިން އާދަމް ބިލްޑިން ނުވަތަ އޭނާއާ އެންމެ ގާތުވާ ޕޮލިސް ސްޓޭޝަނަކަށެވެ.

ފުލުހުން ވަނީ އިހްސާންއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތެއް ލިބިފައިނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާކުރުމަށް އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް