Advertisement
ކ. މާލެ
|
2 އޮކްޓޯބަރ 2022 | އާދީއްތަ 22:59
މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، ރައީސް ޞާލިޙާ ސަލާމްކުރައްވަނީ
މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް، ރައީސް ޞާލިޙާ ސަލާމްކުރައްވަނީ
ރައީސް އޮފީސް
ފަތުރުވެރިކަމުގެ ދުވަސް
ފަތުރުވެރިކަމަށް ކުރިއެރުން އަންނަ މައިގަނޑު ސަބަބަކީ ކަމާ ގުޅުންހުރި މީހުންގެ ޚިޔާލާއި މަޝްވަރާ ރައީސް ހޯއްދަވާތީ: މިނިސްޓަރ މައުސޫމް
މި ދުވަސް ފާހަގަކުރުމަށް އަލަށް ދުވަހެއް ކަނޑައެޅުމަކީ ފަތުރުވެރިކަމަށް މި ސަރުކާރުން ދޭ ސަމާލުކަމުގެ ހެތްކެއް

ފަތުރުވެރިކަމަށް ކުރިއެރުން އަންނަ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމާ ގުޅޭ ބޮޑެތި ކަންތައްތައް ރާއްވަވައި ހިންގެވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯއްދެއްވުމުގެ ސިޔާސަތު ގެންގުޅުއްވާތީކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މި ދުވަސް ފާހަގަކުރުމަށް އަލަށް ދުވަހެއް ކަނޑައެޅުމަކީ ފަތުރުވެރިކަމަށް މި ސަރުކާރުން ދޭ ސަމާލުކަމުގެ ހެތްކެއްކަމަށެވެ.

Advertisement

އެންމެން މިހާރު ދައްކާ ވާހަކައަކީ، ރާއްޖޭގެ ބޯޑަރު ހުޅުވުމުގެ މުހިންމުކަމުގެ ވާހަކައާއި ރައީސް ނިންމެވި ހިތްވަރުގަދަ ނިންމެވުމުގެ ވާހަކަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިހާހިސާބަށް އާދެވުނީ އެދުވަހު ނިންމެވި ނިންމެވުމެއްގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.

ރާއްޖެ މަގުބޫލު މަންޒިރެއްގެގޮތުގައި އޮންނަނީ، ސަރުކާރާއި އަމިއްލަ ފަރާތްތަކާ ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުން ކަމަށާއި، ފަތުރުވެރިކަން މިހާރު މިދާ ގޮތަށް ކުރިއަށްދާނަމަ މިކަމުގެ މަންފާ ސީދާ ރައްޔިތުންނަށް ފޯރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރަށްރަށުގެ ގުދުރަތީ ތަރިކައާ ތާރީޚާ ސަގާފަތުގެ ތަރިކަ ރައްކާތެރި ކުރެވި، އާމްދަނީއަށް މަގުފަހިވާނެ. ރަށްރަށުގަ އާއިލާއާއެކު ދިރިއުޅެމުން، ފަތުރުވެރިކަމުގެ ވިޔަފާރި ކުރެވޭނެ. ފަންނުވެރިންނާ ފަންނާނުންނަށްވެސް ފުރުސަތު ފަހިވާނެ.
މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓްރީގެ މަސައްކަތް ބައްޓަންކުރަނީ ދުނިޔޭގެ ވާދަވެރިކަމުގައި ކުރިއަށްދިއުމަށްކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މިނިސްޓަރު ވަނީ، އެކި ޖަމްއިއްޔާ ޖަމާއަތްތަކުން މިނިސްޓްރީއާއެކު ބާއްވާ ގުޅުން ފާހަގަކުރައްވައި އެ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް