Advertisement
ކ. މާލެ
|
2 އޮކްޓޯބަރ 2022 | އާދީއްތަ 19:01
ގެއްލިގެން ހޯދަމުން އަންނަ އަޒްހާން
ގެއްލިގެން ހޯދަމުން އަންނަ އަޒްހާން
މޯލްޑިވްސް ޕޮލިސް ސާރވިސް
އަޒްހާން ގެއްލުން
ގެއްލިގެން ހޯދަމުން އަންނަ އަޒްހާންގެ ހަށިގަނޑުކަމަށް ބެލެވޭ ހަށިގަނޑެއް ފެނިއްޖެ
ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި މި ހަށިގަނޑު ފެނިފައިވަނީ އާދީއްތަ ދުވަހުގެ ހަވީރު 5:45ހާއިރު
އަޒްހާން ގެއްލިގެން ހޯދަމުން އަންނަނީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން
އަޒްހާން އެންމެ ފަހުން ފެނުނީ މިދިޔަ ހޯމަ ދުވަހު ފަތިހު، ހިޔާ ފްލެޓުގެ 13 ވަނަ ޓަވަރު ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރަނިކޮށް

ހުޅުމާލެއިން ގެއްލިގެން ހޯދަމުން އަންނަ މުހައްމަދު އަޒްހާންކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެއިން ގެއްލިގެން ހޯދަމުންދާ މުހައްމަދު އަޒްހާންކަމަށް ބެލެވޭ މީހާގެ ހަށިގަނޑު، ތަހުގީގުގެ ތެރެއިން ހިންގި އޮޕަރޭޝަނެއްގައި އާދީއްތަ ދުވަހުގެ ހަވީރު 5:45ހާއިރު ފެނިފައިވާ ކަމަށެވެ.

މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ އިތުރު މައުލޫމާތު އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ހިއްސާކުރާނެ ކަމަށެވެ.

މިމަހުގެ 19 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހިން ގެއްލިގެން ހޯދަމުން އަންނަ އަޒްހާން އެންމެ ފަހުން ފެނިފައި ވަނީ ހުދު ކާރަކަށް އަރައިގެން ދަނިކޮށްކަމަށް ފުލުހުން ވަނީ މީގެ ކުރިން ބުނެފައެވެ.

Advertisement

އުމުރުން 27 އަހަރުގެ އަޒްހާން ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ސެޕްޓެމްބަރ 19 ވަނަ ދުވަހުގެ ރޭގަނޑު 7 ޖަހާ އެހާކަންހާއިރުއެވެ. މެރާކީ ކެފޭގައި ބަރިސްތާއެއްގެ ވަޒީފާ އަދާކުރަމުން އަންނަ އަޒްހާން ދިރިއުޅެމުން އައީ ހިޔާ ޓަވަރުގެ ފްލެޓެއްގައި، އޭނާގެ އާއިލާއާއެކުގައެވެ.

މިދިޔަ އާދިއްތަ ދުވަހު ފުލުހުން ބުނީ، ފުލުހުން މިހާތަނަށް ބެލިބެލުމުން، އަޒްހާން އެންމެ ފަހުން ފެނިފައިވަނީ މިދިޔަ ހޯމަ ދުވަހު ފަތިހު ހިޔާ ފްލެޓުގެ 13 ވަނަ ޓަވަރު ކައިރިން ހުދު ކުލައިގެ ޓެކްސީއަކަށް އަރަނިކޮށްކަމަށެވެ. އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖްތައް ބެލުމުން، އެ ދުވަހުގެ ފަތިހު 4:53ހާއިރު އޭނާ ޓެކްސީއަކަށް އަރާ މަންޒަރު ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އެހެންކަމުން އިތުރު ފުޓޭޖްތަކުގެ އަލީގައި އެ ކާރު ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް