Advertisement
ކ. މާލެ
|
2 އޮކްޓޯބަރ 2022 | އާދީއްތަ 06:48
ބައި އިލެކްޝަންގެ ވޯޓުލުން
ބައި އިލެކްޝަންގެ ވޯޓުލުން
އިލެކްޝަންސް ކޮމިޝަން
ބައި އިލެކްޝަން
ބައި އިލެކްޝަންގައި 2 ރަށް އެމްޑީޕީއަށް، 2 ރަށް ޕީޕީއެމްއަށް
4 ރަށެއްގައި ވޯޓުލުން ކުރިއަށް ގެންގޮސްފައިވޭ

ހޮނިހިރު ދުވަހު ކުރިއަށްދިޔަ ބައި އިލެކްޝަންގެ ރަސްމީ ނަތިޖާ އިލެކްޝަންސް ކޮމިޝަން (އީސީ) އިން އާންމުކޮށްފިއެވެ.

ހޮނިހިރު ދުވަހު ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ށ. މާއުނގޫދޫ ކައުންސިލު މެންބަރު އިންތިޚާބުކުރުމަށާއި، ރ. ރަސްމާދޫ، ތ. ގުރައިދޫ، އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.

މި އިންތިޚާބުގެ ރަސްމީ ނަތީޖާ ދައްކާގޮތުން ލ. ދަނބިދޫ އަދި ށ. މާއުނގޫދޫ ގައި ކުރިއަށްދިޔަ އިންތިޚާބު ކާމިޔާބުކޮށްފައިވަނީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ވާދަކުރި ކެންޑިޑޭޓުންނެވެ.

Advertisement

ލ. ދަނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް ނަންބަރު 4 ޢާއިޝަތު ޒިޔާދާއެވެ. އޭނާ މި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ 131 ވޯޓާއެކުއެވެ. އަދި ށ. މާއުނގޫދޫ ކައުންސިލު މެންބަރުކަން ކާމިޔާބުކޮށްފައިވަނީ އެމްޑީޕީގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް ނަންބަރު 2 ފާތިމަތު ޝިމާނާއެވެ. އޭނާ މި އިންތިޚާބު ކަމިޔާބުކުރީ 346 ވޯޓުންނެވެ.

ރ. ރަސްމާދޫ އަދި ތ. ގުރައިދޫގައި ކުރިއަށްދިޔަ އިންތިޚާބު ކާމިޔާބުކުރީ އިދިކޮޅު ޕީޕީއެމުންނެވެ. ރ. ރަސްމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަން ކާމިޔާބުކޮށްފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ނަންބަރު 1 ޞާބިރާ މުޙައްމަދެވެ. އޭނާ މި އިންތިޚާބު ކާމިޔާބުކުރީ 234 ވޯޓާއެކުއެވެ. އަދި ގުރައިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަން ކާމިޔާބުކޮށްފައިވަނީ ޕީޕީއެމްގެ ކެންޑިޑޭޓް ނަންބަރު 2 ޝަރުމާ ޢަލީ މަނިކެވެ. އޭނާ މި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ 429 ވޯޓުންނެވެ.

އިންތިޚާބުގެ ވޯޓުލުން އެ ރަށްރަށުގެ އިތުރުން މާލޭގައި ކުރިއަށް ގެންގޮސްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް