Advertisement
ކ. މާލެ
|
30 ސެޕްޓެންބަރ 2022 | ހުކުރު 11:20
ތިނަދޫ ނެރަށް އެރި ދޯނި
ތިނަދޫ ނެރަށް އެރި ދޯނި
އެމްއެންޑީއެފް
ދޯންޏެއް ނެރަށް އެރުން
ތިނަދޫ ނެރަށް ދޯންޏެއް އަރައިފި
އެމްއެންޑީއެފުން ވަނީ އެ ދޯނި ފުންކޮށްދީފައި
އެ ދޯނީގައި 15 މީހުން ތިބި

ގދ. ތިނަދޫ ނެރުމައްޗަށް ދޯންޏެއް އަރައިފިއެވެ.

ތިނަދޫ ނެރުމައްޗަށް އަރާފައިވަނީ "ފަހިމަގު" ނަމަކަށް ކިޔާ މަސް ދޯންޏެއް ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފައިވެއެވެ.

ބުރާސްފަތި ދުވަހުގެރޭ 20:40 އެހާއިރު އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުމާއެކު ކޯސްޓްގާޑުން ވަނީ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

Advertisement

ދިޔަވަރު ބޮޑުވުމުން ދޯނި ފުންކުރުމުގެ މަސައްކަތް އެމްއެންޑީއެފުން ވަނީ ކޮށްފައެވެ. އަދި މެންދަމު 01:10 ހާއިރު އެ ދޯނި ފުންކުރެވިފައިވާކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

މިހާދިސާ ހިނގި ވަގުތު އެ ދޯނީގައި 15 މީހުން ތިއްބެވެ. އަދި އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް