Advertisement
ކ. މާލެ
|
27 ސެޕްޓެންބަރ 2022 | އަންގާރަ 07:00
ހޯދަމުންދާ ދެމީހުން
ހޯދަމުންދާ ދެމީހުން
ޕޮލިސް މީޑިޔާ
މަކަރާއި ހީލަތުން ފައިސާ ހޯދުން
އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި ދެމީހަކު ހޯދަނީ
އެމީހުން ފައިސާ ހޯދާފައިވަނީ އެޗްޑީސީގެ ނަމުގައި

އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައެއްގައި ދެ މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.

ފުލުހުން ވަނީ އެ ދެމީހުން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ. އަދި އެމީހުން ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ވަނީ އެދިފައެވެ.

ފުލުހުން ބުނީ އެމީހުން ވަނީ އެޗްޑީސީގެ ނަމުގައި ގުޅައިގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައި ކަމަށެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ އިކޮނޮމިކް ކްރައިިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް އެ ދެމީހުން ހޯދަން ބޭނުންވާކަމަށް ފުލުހުން ބުނެއެވެ.

Advertisement

ފުލުހުން ބުނީ މިހާތަނަށް ކުރި މަސައްކަތުން އެއީ ކޮން ބައެއްކަން ދެނެގަނެވިފައިނުވާ ކަމަށެވެ.

މި މީހުން ދެނެގަނެވި، އެމީހުންނާ ގުލޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް