Advertisement
ކ. މާލެ
|
26 ސެޕްޓެންބަރ 2022 | ހޯމަ 15:56
ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އާއި މިނިސްޓަރު ޝާހިދު ޝިންޒޯ އަބޭއާއެކު
ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އާއި މިނިސްޓަރު ޝާހިދު ޝިންޒޯ އަބޭއާއެކު
ރައީސް އޮފީސް
ޝިންޒޯ އަބޭގެ ޖަނާޒާ
ރައީސްގެ މަންދޫބެއްގެ ގޮތުގައި ޝިންޒޯ އަބޭގެ ޖަނާޒާއަށް މިނިސްޓަރ ޝާހިދު
މިނިސްޓަރު ޝާހިދު އާއި ރާއްޖޭގެ ވަފުދު ވަނީ ޖަޕާނަށް ފުރާވަޑައިގެންފައި
އަބޭގެ ޖަނާޒާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު

ރައީސު؛ލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން ބުނީ އަބޭގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ޝާހިދުއާއި ރާއްޖޭގެ ވަފުދެއް ހޯމަ ދުވަހު ޖަޕާނަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.

Advertisement

ޝިންޒޯ އަބޭ އަވަހާރަވީ މިދިޔަ ޖުލައި މަހުގެ އަށްވަނަ ދުވަހު ކުރިއަށްދިޔަ އާންމު އެއްވުމެއްގައި އަބޭއަށް އަމާޒުކޮށް މީހަކު ދިން ބަޑީގެ ހަމަލާއަކާ ގުޅިގެން ލިބުނު ޒަހަމްތަކުގެ ސަބަބުންނެވެ. އަބޭގެ ޖަނާޒާ ބޭއްވުމަށް ނިންމާފައިވަނީ އަންގާރަ ދުވަހު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައެވެ.

މި ޖަނާޒާގައި ބޭރުގެ ގިނަ އަދަދެއްގެ އިއްޒަތްތެރިންނާއި ބައެއް ގައުމުތަކުގެ ލީޑަރުންވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް