ކ. މާލެ
|
25 ސެޕްޓެންބަރ 2022 | އާދީއްތަ 11:46
ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ދިފާއީ ހެއްކެއްގެ ހެކިބަސް ނެގުން
ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ދިފާއީ ހެއްކެއްގެ ހެކިބަސް ނެގުން
ރާއްޖެއެމްވީ
ވ އާރަށު ހިޔާނަތް
އާރަށު ހިޔާނަތް: ޔާމީނުގެ ދިފާއުގައި ޒުހޫރު ހެކިބަސް ދެއްވައިފި
އެންމެ ގިނައިން އީވައިސީ ބައްދަލުވުންތައް ޗެއަރ ކުރައްވާފައިވަނީ އަދީބު ކަމަށް ވިދާޅުވި
އީވައިސީގެ ނިންމުމަކަށް ތަންފީޒީ ބާރު ލިބިދޭނީ ރައީސުލްޖުމްހޫރިއްޔާ އެކަމަކަށް އިރުޝާދު ދެއްވާ ހިސާބުން
އީވައިސީގެ ނިންމުމެއްނަމަ ޔައުމިއްޔާއެއްގެ ސިފައިގައި މެމްބަރުން ސޮއިކޮށްފައިވާ ލިއުމެއް އޮންނާނެ

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންގެވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ދިފާއީ ހެކިންގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ހެއްކެއްގެ ގޮތުގައި ހާޒިރު ކޮށްފައިވަނީ އަހުމަދު ޒުހޫރުއެވެ.

ޒުހޫރު ވިދާޅުވީ، އޭނާ ރައީސް ޔާމީނާއެކު ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާނެ ކަމަށެވެ. އެގޮތުން ޒުހޫރު ވަނީ ރައީސް އޮފީހުގެ ކެބިނެޓު މެމްބަރުކަންވެސް ކުރައްވާފައެވެ. އޭރު ޔޫތު މިނިސްޓަރުގެ ޙައިސިއްޔަތުން އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ) ގައި މަސައްކަތް ކުރައްވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ، އެންމެ ގިނައިން އީވައިސީ ބައްދަލުވުންތައް ޗެއަރ ކުރައްވާފައިވަނީ އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ކަމަށެވެ.

އީވައިސީގެ ނިންމުމަކަށް ތަންފީޒީ ބާރު ލިބިދޭނީ ރައީސުލްޖުމްހޫރިއްޔާ އެކަމަކަށް އިރުޝާދު ދެއްވާ ހިސާބުންކަން ފާހަގަ ކުރައްވައި ޒުހޫރު ވިދާޅުވީ، އީވައިސީގެ ނިންމުމެއްނަމަ ޔައުމިއްޔާއެއްގެ ސިފައިގައި މެމްބަރުން ސޮއިކޮށްފައިވާ ލިއުމެއް އޮންނާނެ ކަމަށެވެ.

Advertisement

އޭގެ އިތުރުން، އެޖެންޑާގައި ނުހިމެނޭ އެއްވެސް ކަމެއް ބައްދަލުވުމެއްގައި ނުނިންމާނެ ކަމަށާއި، ނަމަވެސް މެމްބަރުންގެ ބޭނުމަށް މަޝްވަރާ ކޮށްލެވިފައި އޮވެދާނެކަމަށް ޒުހޫރު ވިދާޅުވިއެވެ. ޒުހޫރު ވަނީ ދައުލަތުން ހުށައަޅާފައިވާ އީވައިސީގެ ޔައުމިއްޔާއަކީ ސައްޙަ ޔައުމިއްޔާއެއް ނޫންކަމަށް ވިދާޅުވެފައެވެ. އެގޮތުން ޔައުމިއްޔާގައި ސޮޔާއި އިނީޝަލް ނެތްކަމަށް އޭނާ ވިދާޅުވިއެވެ.

ޒުހޫރު ވިދާޅުވީ، ޓޫރިޒަމްގެ ބޭނުމަށް ރަށްތައް ބަދަލު ކުރުމަކީ އީވައިސީއަށް ހުށައެޅޭ ޒާތުގެ މައްސަލައެއް ނޫން ކަމަށެވެ.

އާދިއްތަ ދުވަހު ކުރީގެ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސައީދުވެސް ހާޒިރުކޮށް ސުވާލު ކޮށްފައިވާއިރު، ސައީދުވެސް ވަނީ އެއީ ސައްޙަ ޔައުމިއްޔާއެއް ނޫންކަމަށް ވިދާޅުވެފައެވެ.

ދެން މި މައްސަލައިގެ އޮންނާނީ ހެއްކާ ގުޅޭގޮތުން ދެފަރާތުން ވާހަކަ ދެއްކުމެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ 29 ސެޕްޓެމްބަރު 2022 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް