Advertisement
ކ. މާލެ
|
24 ސެޕްޓެންބަރ 2022 | ހޮނިހިރު 10:51
އެމްއެންޕީގެ ފުރަތަމަ ޤައުމީ ޖަލްސާ "ދަ ނެޝަނަލްސް ކޮންވެންޝަން 2022" ފެށުމުގެ ތެރެއިން
އެމްއެންޕީގެ ފުރަތަމަ ޤައުމީ ޖަލްސާ "ދަ ނެޝަނަލްސް ކޮންވެންޝަން 2022" ފެށުމުގެ ތެރެއިން
އެމްއެންޕީ
އެމްއެންޕީގެ ނޭޝަނަލްސް ކޮންވެންޝަން ފެށުން
އެމްއެންޕީގެ ފުރަތަމަ ޤައުމީ ޖަލްސާ "ދަ ނެޝަނަލްސް ކޮންވެންޝަން 2022″ ފަށައިފި
ހެނދުނުގެ ދަންފަޅީގައި ޕާޓީގެ ޢާންމު ސިޔާސަތުތަކަށް ހިޔާލު ފާޅުކޮށް މަޝްވަރާކުރުން ކުރިޔަށްދާނެ
ކޮންވެންޝަން ނިންމުމުގެ ހަފްލާ ހޮނިހިރު ދުވަހުގެ ރޭ އޮންނާނެ

މޯލްޑިވްސް ނެޝަނަލް ޕާޓީ(އެމްއެންޕީ)ގެ ފުރަތަމަ ޤައުމީ ޖަލްސާ "ދަ ނެޝަނަލްސް ކޮންވެންޝަން 2022″ ފަށައިފިއެވެ.

އެމްއެންޕީގެ ޤައުމީ ޖަލްސާގައި އެމްއެންޕީގެ ލީޑަރޝިޕްގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ދާއިރާތަކުގެ ރައީސުންނާއި ނާއިބުން އަދި ގޮފިތަކުގެ ރައީސުން ހިމެނޭހެން 270 މެމްބަރުން ބައިވެރިވެއެވެ. އެމްއެންޕީގެ ކޮންވެންޝަން ރަސްމީކޮށް ފަށާފައިވަނީ ހުކުރު ދުވަހުގެ ރެއެވެ. ކޮންވެންޝަން ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޕާޓީގެ ރައީސް ކާނަލް ރިޓަޔަރޑް މުހައްމަދު ނާޒިމް ވާހަކަފުޅު ދެއްކެވިއެވެ.

ޕާޓީގެ ރައީސްގެ އިތުރުން ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ މިރުފަތު އިސްމާޢީލް ޝަފީޤު، ޙުސެއިން އިސްމާޢީލް އަދި ދުންޔާ މައުމޫން ވާހަކަފުޅު ދެއްކެވިއެވެ.

Advertisement

ކޮންވެންޝަން ރަސްމީކޮށް ފެށުމުގެ ގޮތުން ބާއްވާ ޖަލްސާގެ އިތުރުން ކޮންވެންޝަންގެ އިތުރު ސެޝަންތައް ހޮނިހިރު ދުވަހު ކުރިޔަށްދާނެއެވެ. އެގޮތުން ހެނދުނުގެ ދަންފަޅީގައި ޕާޓީގެ ޢާންމު ސިޔާސަތުތަކަށް ހިޔާލު ފާޅުކޮށް މަޝްވަރާކުރުން ކުރިޔަށްދާނެއެވެ. އަދި މެންދުރުފަހު ދަންފަޅީގައި މަޝްވަރާކުރެވުނު ސިޔާސަތުތައް ހުށަހެޅުމާއި ތަފްޞީލްކޮށްދިނުން ކުރިޔަށްދާނެއެވެ. އޭގެ އިތުރުން އަސާސީ ޤަވާޢީދު އިސްލާޙު ކުރުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީވެސް މެންދުރުފަހު ދަންފަޅީގައެވެ.

އެމްއެންޕީގެ ކޮންވެންޝަންގެ ސެޝަންތަކުގެ އިތުރުން، ކޮންވެންޝަން ނިންމުމުގެ ހަފްލާ ހޮނިހިރު ދުވަހުގެ ރޭ 9:00 ގައި އޮންނާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް