ކ. މާލެ
|
23 ސެޕްޓެންބަރ 2022 | ހުކުރު 22:02
ކޮއްޓެފަރު ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާ
ކޮއްޓެފަރު ރިސޯޓުގައި ހިނގި އަލިފާނުގެ ހާދިސާ
އެމްއެންޑީއެފް
ކޮއްޓެފަރު ރިސޯޓުގައި އަލިފާން ރޯވުން
ކޮއްޓެފަރު ރިސޯޓުގެ ބާ ބޭނުން ނުކުރެވޭ ވަރަށް އަނދައިފި
މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެ ދަންވަރު
ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ

ރ.އަތޮޅު ބްރެއްނިއާ ކޮއްޓެފަރު ބާގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގާފައިވަނީ ބުރާސްފަތި ދުވަހުގެރޭ ދަންވަރު ކަމަށެވެ. މި ހާދިސާގެ ރިޕޯޓް އެމްްއެންޑީއެފް ނޮދަން އޭރިއާއަށް ލިބުނީ ދަންވަރު 01:12 އެހާއިރު ކަމަށާއި، ރިޕޯޓު ލިބުމާއެކު ނޮދަން އޭރިއާ ކޮމާންޑްގެ ޅ. ނައިފަރު ފަޔަރ ސްޓޭޝަނުން ވަނީ ހަރަކާތްތެރިވެފައެވެ.

މިގޮތުން ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުންނަށް ރޭ ދަންވަރު 02:46 ހާއިރު އެ ރިސޯޓަށް ދެވުނުއިރު އެ ރިސޯޓްގެ ފަޔަރ ސްކޮޑުން ވަނީ 90 އިންސައްތަ އަލިފާން ކޮންޓްރޯލްކޮށްފައެވެ. އަދި ރިސޯޓްގެ ފަޔަރ ސްކޮޑާއި ޅ.ނައިފަރު ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ގުޅިގެން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 04:05 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް އަލިފާން ރޯވުމުގެ ސަބަބުން ބާ ހުންނަ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް